އީއެސްޖީ އަދި އައްސޭރި ޖަލު ބައްދަލު ކުރި މެޗް އީއެސްޖީ އިން ކާމިޔާބު ކޮށްފި

ކިޔުމަށް ހޭދަވާނީ 51ސ
އީއެސްޖީ އަދި އައްސޭރި ޖަލު ބައްދަލު ކުރި މެޗް އީއެސްޖީ އިން ކާމިޔާބު ކޮށްފި

މާފަންނު ސްޓޭޑިއަމްގައި މިހާރު ކުރިއަށްދާ ޕީއާރުސީ ފުޓްބޯލް ޓޯރނަމެންޓް 2019 ގައި އީއެސް އަދި އައްސޭރި ޖަލު ބައްދަލު ކުރި މެޗު އީއެސްޖީ އިން ކާމިޔާބު ކޮށްފި އެވެ.

މިއަދު ކުޅުނު މެޗުގައި އީއެސްޖީ އިން ވަނީ އައްސޭރި ޖަލުގެ ގޯލަށް 5 ލަނޑު ޖަހާފަ އެވެ. މި މެޗުފައި އައްސޭރި ޖަލަށް އީއެސްޖީގެ ގޯލަށް ޖެހިފައި ވަނީ އެންމެ ލަނޑެކެވެ.

މޮޅު ކުޅުމެއް ދައްކައި މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ އީއެސްޖީ ގެ ޖަރޒީ ނަންބަރު 17 އަހުމަދު ސާމިން އެވެ.

މި މުބާރާތަކީ، އޮފިސަރުންނާއި މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް، މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުވުމުގެ މަޤަޞަދުގައި ކުރިއަށް ގެންދާ ޙަރާކާތެއް ކަމަށް އެމް،ސީއެސްއިން ބުނިއެވެ. އަދި އެމްސީއެސް އިން އަންނަނީ އަހަރުގެ އެކި ދުވަސްވަރުގައި އޮފިސަރުންނާއި މުވައްޒަފުންނަށް އަމާޒުކޮށް މިފަދަ އެކި ޙަރަކާތްތައް ރާވާ ހިންގާނެކަމަށް ވެސް މައުލޫމާތުދިނެވެ.

މިއަދު އޮންލައިން