ޑިޖިޓަލް ދިވެހިރާއްޖެއެއް ޤާއިމްކޮށް ދިވެހިންގެ ދިރިއުޅުމަށް އިތުރު ފާގަތިކަމާއި ކުރިއެރުން ފޯރުކޮށްދޭނަން: އުރީދޫ ސީއީއޯ ނަޖީބް ޚާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ޑިޖިޓަލް ދިވެހިރާއްޖެއެއް ޤާއިމްކޮށް ދިވެހިންގެ ދިރިއުޅުމަށް އިތުރު ފާގަތިކަމާއި ކުރިއެރުން ފޯރުކޮށްދޭނަން: އުރީދޫ ސީއީއޯ ނަޖީބް ޚާން

ޑިޖިޓަލް ދިވެހިރާއްޖެއެއް ޤާއިމްކޮށް، ދިވެހިންގެ ދިރިއުޅުމަށް އިތުރު ފާގަތިކަމާއި ކުރިއެރުން ފޯރުކޮށްދިނުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތްތައް މުސްތަގްބަލުގައިވެސް ކުރިއަށްގެންދެވޭނެކަމުގެ ޔަގީންކަން  އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާން ދެއްވައިފިއެވެ.

 

ނަޖީބް ޚާން މިމޭރުމުން ވިދާޅުވެފައިވަނީ ރާއްޖޭގެ ރައްޔިތުންނާއިއެކު ވަރަށް ކާމިޔާބު 14 އަހަރު ހޭދަކުރުމުގެ އުފަލުގައި، ޢާންމު ކުރެއްވި  ޚާއްސަ ޚިޠާބުގައެވެ.

 

ނަޖީބް ޚާން ވިދާޅުވީ ސާދަ އަހަރު ނިމި، ރާއްޖޭގައި ފަނަރަ ވަނަ އަހަރު ފަށާފައިވާއިރު، އުރީދޫ އިން އަބަދުވެސް މަސައްކަތް ކުރަމުންދާނީ، އެންމެ ފަހުގެ ޓެކްނޮލޮޖީތަކާއި އުފެއްދުންތެރި ޚިދުމަތްތަކުގެ އެހީގައި ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުން އިތުރަށް ކުރިއެރުވުމަށް ކަމަށެވެ.

 

ނަޖީބް ޚާން ވަނީ އުރީދޫ މޯލްޑިވްސްގެ 14 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އެކުންފުނީގެ އެންމެހާ ޙިއްޞާދާރުން، ކަސްޓަމަރުން، މުވައްޒަފުން، އަދި ހެޔޮއެދޭ އެންމެހާ ފަރާތްތަކަށް، އަރިސްކުރައްވައިފައެވެ.

 

 

ނަޖީބް ޚާންގެ ޚާއްސަ މެސެޖުގެ ވީޑިއޯ، https://youtu.be/z-0wg5kPMpQ މެދުވެރިކޮށް ބައްލަވައިލެއްވޭނެއެވެ.

 

 

މިއަދު އޮންލައިން