އުރީދޫ މޯލްޑިވްސް ގެ 14 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުން ގެންދާއިރު ރާއްޖޭގެ މުވާސަލާތަށް އުރީދޫ އިން ވަނީ ޤައުމު ފަޚުރުވެރތިވާ ފަދަ ބޮޑެތި ކުރިއެރުންތަކެއް ހޯދައިދީފައެވެ. ޚާއްޞަކޮށް އަގުތައް އަތްފޯރާ ފަށަށް ތިރިކުރުމުގައި އުރީދޫ އިން ކޮށްދިން ޚިދުމަތް ހުރިހާ ކަސްޓަމަރުންވެސް ފާހަގަކުރާނެއެވެ.
ވަރަށް އާދައިގެ ގޮތަކަށް ފެށިގެން އައި އުރީދޫ މިއަދު ވަނީ ރާއްޖޭގެ ތަރައްޤީ އާއި ގުޅުވާލައިފައެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއިވެސް ގުޅުވާލައިފައެވެ.
އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑުގައި، އިނޮވޭޝަން އިން ލިވިންގް، ލަރނިންގެ އެންޑް ވަރކިންގ އެންވަޔަރަމަންޓް ގެ ކެޓަގަރީ އަދި އިނޮވޭޝަން އޮފް ޔޫސިންގެ ޓެކްނޮލޮޖީ އިން ކަސްޓަމަރ ސަރވިސްގެ ކެޓަގަރީ އިން ސިލްވަރ ސްޓީވީ އެވޯޑު ހޯދާފައިވާ އުރީދޫ އިން
ރާއްޖޭގައި މުޅިން އަލަށް އީ-ސިމްގެ ޚިދުމަތް ތައާރަފްކުރުން ވެގެން ދިއައީ ކަސްޓަމަރުން ހައިރާންކޮށްލި ކަމަކަށެވެ.
އުރީދޫ އަކީ ކޮބާ؟ އުރީދޫ އިން ރާއްޖެއަށް ކޮށްދިނީ ކޮންކަމެއް؟:
އުރީދޫ މޯލްޑިވްސްގެ ތަޢާރަފު
ތަޞައްވުރު
މުވާސަލާތީ ޚިދުމަތްދޭ ބައިނަލްއަޤްވާމީ ކުންފުންޏެއްގެ ހައިސިއްޔަތުން މީހުންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށްދިނުން
މިޝަން
ދިވެހި ރައްޔިތުންނަށާއި ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދުނިޔޭގެ ފެންވަރުގެ އުފެއްދުންތެރި މުވާސަލާތީ ޚިދުމަތްތައް ފޯރުކޮށްދިނުން
ސުލޫކީ މިންގަނޑުތައް
ގުޅުވައިދިނުން
އަޅުގަނޑުމެން ބަލާނީ އަޅުގަނޑުމެން ހަރަކާތްތެރިވާ މުޖުތަމަޢުގެ ކަންކަމުގައި ފުރިހަމައަށް ބައިވެރިވެ، އަޅުގަނޑުމެންގެ ބަރޯސާކުރެވޭ ނެޓްވޯކުގެ ޒަރީޢާއިން ދެވޭ ޚިދުމަތްތައް މެދުވެރިކޮށް ތިޔަ ބޭފުޅުން ބޭނުންފުޅުވާ އެހީތެރިކަމާއި ޙައްލުތައް ފޯރުކޮށްދިނުމަށެވެ.
އޯގާތެރިވުން
އަޅުގަނޑުމެން ބަލާނީ ތިޔަ ބޭފުޅުންނަށް ކަންކަން ފަސޭހަކޮށްދިނުމަށެވެ. އަޅުގަނޑުމެން މެދުވެރިކޮށް ތިޔަ ބޭފުޅުންގެ ކަންކަން އިތުރަށް ސާފުވެ ދެފުށް ފެންނަގޮތް ވެގެންދާނެއެވެ. އަދި، އަޅުގަނޑުމެން އަބަދުވެސް ވާނީ ތިޔަ ބޭފުޅުން އެދިލައްވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދީ، ތިޔަ ބޭފުޅުންނަށް ދިމާވާ ކަންކަމުގައި ބައިވެރިވެ އިޙްތިރާމްކުރާ ބައެއްކަމުގައެވެ.
ކުރިމަތިލުން
އަޅުގަނޑުމެން ކަންކަމާ ކުރިމަތިލާން ލޯބިކުރަނީ އަޅުގަނޑުމެންގެ ޒުވާންކަމުގެ ފުރާފުރިހަމަ ވިންދުން، އަޅުގަނޑުމެންނަށް ވެވޭނެ އެންމެ ރަނގަޅު ބަޔަކަށްވެ، ޚިދުމަތްހޯދާ ފަރާތްތަކުގެ މަންފާއަށްޓަކައި އީޖާދީ ބަދަލުތައް ގެނައުމުގެ އާރުކާޓީއަކަށް ވުމަށް ލިބިދޭ ޖޯޝާއި ހަކަތައިންނެވެ.
އަޅުގަނޑުމެންގެ ވިޔަފާރި
އަޅުގަނޑުމެންނަކީ ބައިނަލްއަޤްވާމީ މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭ އުރީދޫ ގްރޫޕަށް ނިސްބަތްވާ ކުންފުންޏެކެވެ. އުރީދޫ ގްރޫޕަކީ 119 މިލިއަނަށް ވުރެ ގިނަ ކަސްޓަމަރުންނާއެކު ބައިނަލްއަޤްވާމީ ފެންވަރުގައި މެދު އިރުމައްޗާއި އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާގެ 10 ޤައުމެއްގައި މޮބައިލް، ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓް އަދި ކަސްޓަމަރުންނާއި ވިޔަފާރިތަކަށް ބޭނުންވާ މުވާސަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏެކެވެ.
އުރީދޫ މޯލްޑިވްސް ވުޖޫދަށް އައީ 2005 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 1 ވަނަ ދުވަހު ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައެވެ. 6 އޮކްޓޯބަރ 2016 ވަނަ ދުވަހު އުރީދޫ މޯލްޑިވްސްގެ ޤާނޫނީ ހައިސިއްޔަތު ޕަބްލިކް ކުންފުންޏަކަށް ބަދަލުކުރުމަށްފަހު، އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީގެ ނަމުގައި ކުންފުނި ވަނީ އަލުން ރަޖިސްޓަރީ ކޮށްފައެވެ. ކުންފުނީގެ %90.5 ޙިއްޞާ ވަތަނިއްޔާ އިންޓަރނޭޝަލް އެފް.ޒެޑް އެލް.އެލް.ސީއިން ޙިއްސާކުރާއިރު، %9.5 ޙިއްސާ ކުރަނީ އާންމު ފަރާތްތަކުންނެވެ.
2018 ވަނަ އަހަރު ނިމުނުއިރު، އަޅުގަނޑުމެންގެ ސަބްސްކްރައިބަރުންގެ (ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ) ޢަދަދު 440,000 އަށް ވުރެ މަތިވެފައިވެއެވެ. މީގެ ތެރޭގައި ވަކިވަކި ފަރުދުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ބޮޑެތި ކުންފުނިތަކާއި ދައުލަތުގެ ކުންފުނިތައް ހިމެނެއެވެ. 2013 އިން 2018 އަށް ސަބްސްކްރައިބަރުންގެ ކޮމްޕައުންޑް އެނުއަލް ގްރޯތް ރޭޓް ("ސީ.އޭ.ޖީ.އާރް")ގެ ގޮތުގައި 12.4% ހާސިލުކުރެވިފައިވާއިރު އާމްދަނީގެ ސީ.އޭ.ޖީ.އާރްގެ ގޮތުގައި %22.7 ވަނީ ހާސިލުކުރެވިފައެވެ.
އަޅުގަނޑުމެންގެ ޚިދުމަތްތައް ދިވެހިރާއްޖެއަށް ތަޢާރުފުވުމާ ގުޅިގެން ދިވެހިރާއްޖޭގެ މުވާސަލާތީ ދާއިރާއަށް ވަނީ އިންގިލާބީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އުރީދޫ މޯލްޑިވްސްއިން ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ތަފާތު ބޮޑެތި އިންވެސްޓްމަންޓްތައްކޮށް، އައު އީޖާދީ ޚިދުމަތްތަކެއް ތަޢާރަފުކޮށް ދިވެހިރާއްޖޭގެ މުވާސަލާތީ ސިނާޢަތަށް ބޮޑެތި ބަދަލުތަކެއް ގެނެސް އިތުރު ފުރުޞަތުތަކެއް ތަނަވަސްކޮށްދީފައެވެ.
އަޅުގަނޑުމެންނަކީ އުރީދޫ ގްރޫޕްގެ ބައެއްކަމުން، އަޅުގަނޑުމެންގެ ތަސައްވުރުވެސް ބިނާވެފައިވަނީ ދިރިއުޅުމުގެ ފެންވަރު މަތިކޮށް ފަހިކޮށްދިނުމުގެ މައްޗަށެވެ. އަދި މީހުން ތަރައްޤީކުރުމަށް މުވާސަލާތީ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން އަހަންމިއްޔަތުކަމެއް ދޭ ކަމެކެވެ.
ރާއްޖޭގައި އެންމެ ފުރަތަމައަށް، އެންމެ ބާރު ސްޕީޑުގެ 3ޖީ އަދި 4ޖީ ވިއުގަތައް ޤާއިމުކުރީ އުރީދޫ މޯލްޑިވްސްއިންނެވެ. މީގެ އިތުރުން 2018 ވަނަ އަހަރު އަޅުގަނޑުމެންވާނީ ދިވެހިރާއްޖޭގައި މިހާތަނަށް ތަޢާރަފުކުރެވިފައިވާ އެންމެ ހަލުވި ސްޕީޑުގައި 5G ޚިދުމަތުގެ ޑެމޮންސްޓްރޭޝަންއެއް ދައްކާލާފައެވެ. އަޅުގަނޑުމެންގެ އަމާޒަކީ ޑިޖިޓަލް އެންމެ ފަހުގެ އީޖާދުތައް ތަޢާރަފުކޮށް ދިވެހިންގެ ދިރިއުޅުން ފަހިކޮށްދިނުމުގައި ދެމިތިބުމެވެ.
އުރީދޫ މޯލްޑިވްސްގެ ތާރީޙުގެ ތެރެއިން މުހިއްމު މޭލުގާތައް
2005
- އެޖް އަދި ޖީޕީއާރްއެސް ޓެކްނޮލޮޖީ ބޭނުންކުރާ ޑާޓާގެ ޚިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފްކުރުން.
- 2ޖީ ވޮއިސްގެ ޙިދުމަތް ތައާރަފްކުރުން
2007
- ރާއްޖޭގެ ފުރަތަމަ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ތައާރަފްކުރުން
2009
- ރާއްޖޭގެ ފުރަތަމަ 3ޖީ ނެޓްވަރކް ތައާރަފްކުރުން
2011
- ސިންގަލް ރޭން ޓަވަރު ރާއްޖޭގައި ތައާރަފްކޮށް، ކަރަންޓު ބޭނުން ކުރާ މިންވަރު %54 ކުޑަކޮށް، ކާބަން ފުޓްޕްރިންޓު %80 އިންސައްތަ ކުޑަކުރުން.
2012
- ލިވް އަންލިމިޓެޑް ކެމްޕެއިން ތައާރަފް ކުރުމާއި އެކު، ޓެލެކޮމް މާކެޓަށް ބޮޑު ބަދަލެއް ގެނައުން.
2013
- ވާވޭ އާއި ގުޅިގެން، މޮބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ހިމެނޭގޮތަށް ރާއްޖޭގެ ފުރަތަމަ 4ޖީ ނެޓްވަރކް ތައާރަފްކުރުން.
2014
- 4ޖީ އެޑްވާންސްޑް ޓެސްޓުކޮށް، ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފްކުރުން.
- 50މިލިއަން ޑޮލަރުގެ ކުންފުންޏަކަށް ވެގެންދިއުން
2015
- ވާވޭ އީސީ މެކްރޯ ޓެކްނޮލޮޖީ ރާއްޖެއަށް ތައާރަފްކުރުން. މިއީ ޒީރޯ ކާބަން ފުޓްޕްރިންޓް ހިމެނޭ، މާލެ ފަދަ އާބާދީ ބޮޑު ސަރަހައްދުތަކުގައި ކަވަރޭޖް އިތުރަށް ފުރިހަމަކޮށްދޭ ހާއްސަ ޓެކްނޮލޮޖީއެކެވެ.
- ފޭސްބުކް އާއި ގުޅިގެން، ރާއްޖޭގައި ފްރީ ބޭސިކްސް ތައާރަފްކުރުން
- ފިކްސްޑް ލައިން އިންޓަނެޓް ފޯރުކޮށްދިނުމުގެ ލައިސެންސް ލިބުން
- ނޭޝަންވައިޑް ސަބްމެރިން ކޭބަލް ޕްރޮޖެކްޓް ފެށުން
2016
- މޮބައިލް ނަންބަރ ޕޯޓަބިލިޓީ ތައާރަފްކުރުން
- އުރީދޫ ސްމާޓް ކެމްޕަސް ތައާރަފްކުރުން
- އުރީދޫ އެމްފައިސާގެ ނަމުގައި، ރާއްޖޭގެ ފުރަތަމަ މޮބައިލް މަނީގެ ޚިދުމަތް ފެށުން
- އުރީދޫ ސުޕަރނެޓްގެ ނަމުގައި ފައިބަރ ބްރޯޑްބޭންޑުގެ ޚިދުމަތް ފެށުން
- ޕްރައިވެޓް ލިމިޓެޑް ކުންފުންޏަކުން، ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ވެގެންދިއުން
- 100 މިލިއަން ޑޮލަރުގެ ކުންފުންޏަކަށްވުން.
2017
- އުރީދޫގެ ފްލެގްޝިޕް ބިލްޑިންގގެ ބިންގާ އެޅުން
- މުޅިރާއްޖެއަށް 4ޖީ+ ނެޓްވަރކް ތައާރަފްކުރުން
- ޔޫއެންޑީޕީ އާއި އެޗްޑީސީ އާއިއެކު، ސްމާޓް ސިޓީ ޕްރޮޖެކްޓް ފެށުން
- އުރީދޫ މަގޭ ޕްލޭން ތައާރަފްކުރުން
- އުރީދޫ ނެކްސްޓް ތައާރަފްކުރުން
- އުރީދޫ އިން ފަސޭހަ ހޯމް ބްރޯޑްބޭންޑްގެ ނަމުގައި މުޅި ރާއްޖެއަށް ބްރޯޑްބޭންޑް ޚިދުމަތް ތައާރަފްކުރުން
- މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި، ސެކަންޑަރީ މާކެޓް ޓްރޭޑިންގ ފެށިގެންދިއުން
- އުރީދޫ ކަލަރ ރަން ތައާރަފްކުރުން
2018
- ސްޕެއިންގެ ބާސެލޯނާގައި ބާއްވާފައިވާ މޮބައިލް ވޯލްޑް ކޮންގްރެސްގައި ޑިޖިޓަލް ކަސްޓަމަރ އެކްސްޕީރިއަންސް ޝޯކޭސް ކުރުން
- ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމް ތަޢާރަފުކުރުން
- ވަރަށް ތަފާތު ކެމްޕޭން ތަޢާރަފުކުރުން
- ވައިބަރ ގައި އުރީދޫ ނެކްސްޓް ތަޢާރަފުކުރުން
- މެސީއާއެކު އެންޖޯއި ދަ އިންޓަރނެޓް ކެމްޕެއިން
- ޕްރޮމޯޓިންގ ޑިސްއެބިލިޓީ އިންކްލޫސިވް (ޕީޑީއައިޑީ) ފޯރަމް
- ސުޕަރނެޓް ބިޒްނަސް ތަޢާރަފުކުރުން
- 3 ސީ އެމްބިއުލަންސް މިނިސްޓްރީ އޮފް ހެލްތަށް ހަދިޔާކުރުން
- އެލްޓީއީ ރޯމިންގ ޚިދުމަތް ތަޢާރަފުކުރުން
އުރީދޫގެ 14 ވަނަ އަހަރު (2018/2019)
- އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑިންގ އެވޯޑްސް 2018 ގައި "ޑްރީމް ކޮމްޕެނީ ޓު ވޯކް ފޮރ" ގެ ޝަރަފު ލިބުން
- ނިރު އެކްސްލެރޭޓަރ ޕްރޮގްރާމް ހިންގައި، 3 ސްޓާޓް އަޕް އަކަށް އިތުރު އިންވެސްޓްމަންޓް ފޯރުކޮށްދިނުން
- ދިވެހި ބަހުން ފުރަތަމަ ސެލްފް ކެއަރ އެޕްލިކޭޝަން ތަޢާރަފުކުރުން
- އެމް-ފައިސާ މެދުވެރިކޮށް މޯލްޑިވް ގޭސްއިން އޯޑަރު ކުރުމާއި ފައިސާ ދެއްކުމުގެ ޚިދުމަތް ތަޢާރަފުކުރުން
- އެވީ ކެމްޕޭން
- މުސްލިމް ކިޑްސް ޓީވީ ތަޢާރަފުކުރުން
- 2 ރަންލާރި އެވޯޑު ހާސިލުކުރުން
- އެލައިޑް އިންޝުއަރެންސް އަދި ޔޫ.އެން.ޑީ.ޕީ އާއެކު ކޮމިއުނިޓީ ޑިވެލޮޕްމަންޓް ހަބްސް ތަޢާރަފުކުރުން
- މޯލްޑިވްސް ބިޒްނަސް އެންޑް ސީ.އެކްސް އެވޯޑްސްގައި "މޯލްޑިވްސް ބިޒްނަސް އޮފް ދަ އިޔަރ : ޓެލެކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ" އެވޯޑާއި "އިނޮވޭޓިވް ބިޒްނަސް އޮފް ދަ އިޔަރ" އެވޯޑު ލިބުން
- ގދ. ގައްދޫގައި ސުޕަރނެޓް ފިކްސް ބްރޯޑްބޭންޑް ތަޢާރަފުކުރުން
- އަރބަން އިނޮވޭޓިވް ޗެލެންޖް
- ބްރޯންޒް ސްޓީވީ އިން "މޯސްޓް އިނޮވޭޓިވް ކޮމްޕެނީ ފޮރ ދަ އިޔަރ" ލިބުން
- ލޭ ހަދިޔާކުރުމުގެ "ކަލަރ އަ ލައިފް" ކެމްޕޭން
- ގުޑި މަހާސަމާ
- އުރީދޫ މޯލްޑިވްސް ކަލަރ ރަން 2018
- ކަލަރ ރަން މިއުޒިކް ޝޯވ
- އދ. މާމިނގިލީގައި ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް ތަޢާރަފުކުރުން
- ޑިޖިޓަލް ރިސޯޓްސް ޕޯޓްފޯލިއޯ ދައްކައިދިނުން
- 1.8ޖީބީޕީއެސް ގެ ސްޕީޑުގައި 5G ޝޯކޭސްކުރުން
- ސުޕަރނެޓް ޕެކޭޖުތައް ރީވޭމްޕްކުރުން
- ކޮންޓެކްޓް ސެންޓަރުގައި "ޑިޖިޓަލް އަވަރ" ފެއްޓުން
- ރ. ދުވާފަރު، ލ. ތުނޑި، ލ. މަތިމަރަދޫ، ގދ، ތިނަދޫ، ދ. ކުޑަހުވަދޫ އަދި ތ. ތިމަރަފުށީގައި ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް ތަޢާރަފުކުރުން
- މަސްވެރިންގެ ޕެކް ތަޢާރަފުކުރުން
- އެމޭޒަން ޕްރައިމް ވީޑިއޯ ތަޢާރަފުކުރުން
- މަޓާޓޯ ޓްރެވަލް އެވޯޑުގެ ޕްލެޓިނަމް ޕާޓްނަރު
- މޯލްޑިވްސް ބިޒްނަސް އެވޯޑް 2018 އިން "ފޮރީން ޑައިރެކްޓް އިންވެސްޓްމަންޓް އޮފް ދަ އިޔަރ" ގެ އެވޯޑު ލިބުން
- 2018 ގްލޯބަލް ބޭންކިންގ އެންޑް ފައިނޭންޝަލް އެވޯޑްސް އިން "ބެސްޓް އިންވެސްޓަރ ރިލޭޝަންސް ކޮމްޕެނީ މޯލްޑިވްސް 2018" އެވޯޑު ލިބުން
- ސްޕެއިންގައި ކުރިއަށްދާ މޮބައިލް ވޯލްޑް ކޮންގްރެސް ނުވަތަ އެމް.ޑަބްލިއު.ސީ ބާސެލޯނާ 2019 ގައި ރާއްޖޭގައި ދެން ފެނިގެންދާނެ އުރީދޫގެ އައު ޑިޖިޓަލް ޚިދުމަތް ކަމަށްވާ އީ-ކޮމާސް މާކެޓްޕްލޭސް ޕްލެޓްފޯމް "މޫލީ" ދައްކާލުން
- މާފުށީ ޖަލަށް އުރީދޫ ސްމާޓް ކެމްޕަސް ޑިޖިޓަލް ކްލާސްރޫމެއް ހަދިޔާ ކުރުން
- ސްވިމް މޯލްޑިވްސް އާއި އެކު ކުޑަކުދިންނަށް ފެތުމުގައި ރައްކައުތެރި އުކުޅުތައް ދަސްކޮށްދޭ "ފަތާލަމާ" ޕްރޮގްރާމް ތައާރަފްކުރުން
- ރާއްޖޭގައި ފުރަތަމަ ފަހަރަށް 4ޖީ ރޯމިންގ ތައާރަފްކުރުން
- ރާއްޖޭގައި ފުރަތަމަ ފަހަރަށް ވޮލްޓޭ ޓެކްނޮލޮޖީ މެދުވެރިކޮށް އެޗް.ޑީ ވޮއިސް ތައާރަފްކުރުން
- ސުޕަނެޓް ސޭވަރ ޕްލޭންސް ތައާރަފްކުރުން
- އެލައިޑް އިންޝުއަރެންސްގެ ލައިފް އިންޝުއަރެންސް، އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ހިލޭ ފޯރުކޮށްދިނުން
- އުރީދޫ ބިޒްނަސް ޕޯޓަލް ތައާރަފްކުރުން
- ސުޕަނެޓް ޚިދުމަތް ފުވައްމުލަކުގައި ތައާރަފްކޮށް، އުރީދޫގެ ގިގަބިޓް ކޭޕަބަލް ފައިބަރގެ އެހީގައި ފުވައްމުލަކަކީ ރާއްޖޭގެ ފުރަތަމަ ގިގަބިޓް ސިޓީ އަށް ވެގެންދިއުން
ޓެލެކޮމް އޭޝިއާ އެވޯޑް 2019ގައި މޯސްޓް އިނޮވޭޓިވް ޕޭމަންޓް ސަރވިސް ކަމުގައި އެމް-ފައިސާ ހޮވިގެންދިއުން
- އުރީދޫ ކަލަރ ރަން އައްޑޫ ތައާރަފްކޮށް، މި ދުވުމަކީ މާލޭން ބޭރުގައި މިހާތަނަށް ބޭއްވުނު އެންމެ ގިނަ ބައެއް ބައިވެރިވި ދުވުމަށް ވެގެންދިއުން
- އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑުގައި، އިނޮވޭޝަން އިން ލިވިންގް، ލަރނިންގެ އެންޑް ވަރކިންގ އެންވަޔަރަމަންޓް ގެ ކެޓަގަރީ އަދި އިނޮވޭޝަން އޮފް ޔޫސިންގެ ޓެކްނޮލޮޖީ އިން ކަސްޓަމަރ ސަރވިސްގެ ކެޓަގަރީ އިން ސިލްވަރ ސްޓީވީ އެވޯޑު ހޯދުން
ރާއްޖޭގައި މުޅިން އަލަށް އީ-ސިމްގެ ޚިދުމަތް ތައާރަފްކުރުން