އުމުރުން 7 އަހަރުގެ ފިރިހެން ކުއްޖެއްގެ އަނގައިގެ ހިރުގަނޑުން 526 ދަތް ނަގައިފިއެވެ.
ރަވިންދްރަނާތު ނަމަކަށް ކިޔާ މިކުައޖާ މިދިއަ މަހު އިންޑިއާގެ ޗެންނާއިގެ ދަތުގެ ހޮސްޕިޓަލަކަށް ދެއްކީ އަނގައަށް (ހިރުގަނޑަށް) ތަދުވާތީއެވެ. ގިނަ އަދަދެއްގެ ދަތްތައް ފަޅަމުން އަންނަކަން އެނގުނީ އެކްސްރޭ ނަގައިގެން ބެލުމުންނެވެ.
ޑޮކްޓަރުންގެ ޓީމުން އޮޕަރޭޝަންކޮށްގެން ނެގި ދަތްތަކުގެ ތެރޭގައި 1 މިލިމީޓަރުން ފެށިގެން 15 މިލިމީޓަރާއި ދެމެދުގެ ދަތްތައް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. އޮޕަރޭޝަނަށް 3 ދުވަހަށްފަހު ކުއްޖާ ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ރިޕޯޓްތައް ބުނެއެވެ.