އުރީދޫގެ 14 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ކުޑަކުދިންގެ ހިޔާއަށް ޒިޔާރަތްކޮށް ބައެއް ތަކެތި ހަދިޔާކޮށްފި އެވެ.
އުރީދޫ އިން ބުނެފައިވަނީ މިއަދު ކުރި ޒިޔާރަތުގައި ކުދިން މުސަޅު، ކުކުޅު އަދި ދޫނި ފަދަ ތަކެތި ގެންގުޅުމަށް 2 ކޮށި ހަދިޔާކޮށްފައިވާ ކަމަށެވެ. އަދި މިއަދަކީ އަހަރީ ދުވަސްކަމަށްވުމުން ކުދިންނާއިއެކު ވަގުތުކޮޅެއް ހޭދަކޮށް ސައިބުއިމުގެ އިތުރުން ބައެއް ހަދިޔާ ކުދިންނަށް ދީފައިވާނެ ކަމަށެވެ.
ކޮށިތައް ހަދިޔާ ކުރީ އެތަނުގައި ތިބޭ ކުދިން އެކަމަށް ބޭނުންވާ ކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް އެކަމަށް އެދިވަޑައިގެންފައިވާތީ ކަމަށްވެސް އުރީދޫން ބުނެފައިވެއެވެ.