އުރީދޫ މުވައްޒިފުން ތިމާވެށްޓާ މާބޮޑަށް ރައްޓެހިކޮށްލައި ކަސްރަތުގެ ތެރެއިން ޖޫސްވެސް ގިރައިލެވޭ "ބައިސްކަލެއް" ތަޢާރަފްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
އުރީދޫ މުވައްޒިފުން ތިމާވެށްޓާ މާބޮޑަށް ރައްޓެހިކޮށްލައި ކަސްރަތުގެ ތެރެއިން ޖޫސްވެސް ގިރައިލެވޭ "ބައިސްކަލެއް" ތަޢާރަފްކޮށްފި

ތިމާވެށްޓާއި ރައްޓެހިކަން އިތުރު ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އުރީދޫ މުވައްޒިފުން ތިމާވެށްޓާއި ވަރަށް ބޮޑަށް ރައްޓެހި އޮފީސް މާހައުލެއް ތަޢާރްފްކޮށް، ކަސްރަތުގެ ތެރެއިން ޖޫސްވެސް ގިރައިލެވޭ "ބައިސްކަލެއް" ތަޢާރަފްކޮށްފި އެވެ. 

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޢަލީ ޚާން މިއަދު ވިދާޅުވީ ކޮންމެ އަހަރަކުވެސް އުރީދޫ މޯލްޑިވްސްގެ މުވައްޒިފުން އަންނަނީ އޮފީސް މާހައުލަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަމުން ކަމަށެވެ. އަދި އެކަމަށް މުބާރާތްތައްވެސް ބާއްވާ ކަމަށެވެ. 

"މިއަހަރު މިބެލީ އާދައާ ޚިލާފް ކަމެއް ކުރެވޭތޯ. އެގޮތުން މިއަހަރު މަސައްކަތްކޮށްފައިވާނީ "ގްރޯ ވިތް އުރީދޫ" މި ޝިއާރުގެ ދަށުން މިއަހަރު މިވަނީ ގްރީން އަދި ސްޓްރެސް ފްރީ އޮފީސް މާހައުލެއް ޤާއިމުކޮށްފަ. ފެންނާނެ އެއް ކަމަކީ ކަސްރަތަށް ސައިކަލެއް ފައިން އަނބުރަމުންދާއިރު ކަރަންޓް ބޭނުން ނުކޮށް ޖޫސް ގިރައިލެވޭ ސައިކަލެއް. ވީމާ އިތުރު ކަރަންޓެއް އަދި ހަކަތައެއް ހޭދަނުކޮށް ޖޫސްގިރައިލެވޭނެ. މީގެ އިތުރުން ބަހައްޓާފައި ހުރި ގަސްތަކުން ތާޒާ އޮކްސިޖަން ދާނީ ލިބެމުން. މިއީ މުވައްޒިފުންނަށާ މެހްމާނުންނަށް ވަރަށް ފައިދާކުރާނެ ކަމެއް." ކަމަށްވެސް ނަޖީބް ޢަލީ ޚާން ވިދާޅުވިއެވެ. 

އުރީދޫ މުވައްޒިފުން މިބާވަތުގެ ކަންކަމުގައި ހޯދަމުންގެންދާ ބޮޑެތި ކުރިއެރުންތައް ފާހަގަކުރައްވައި ނަޖީބް ޢަލީ ޚާން ވަނީ މުވައްޒިފުންނަށް ވަރަށް ބޮޑަށް ތަޢްރީފް ކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ. 

އުރީދޫ އޮފީސް ހިންގާ ފަންގިފިލާތައް ޒީނަތްތެރިކުރުމުގެ ހުރިހާ މަސައްކަތްތަކެއް ކޮށްފައިވަނީ މުވައްޒިފުން އިސްނައިގެން އަމިއްލައަށެވެ.

 

މިއަދު އޮންލައިން