އިންޓަރނޭޝަނަލް ކަޕް އޮފް ޖޯއިގެ ޗެމްޕިއަންކަން މާޒިޔާގެ ޒުވާން ޓީމު ހޯދައިފި

ކިޔުމަށް ހޭދަވާނީ 1މ 9ސ
އިންޓަރނޭޝަނަލް ކަޕް އޮފް ޖޯއިގެ ޗެމްޕިއަންކަން މާޒިޔާގެ ޒުވާން ޓީމު ހޯދައިފި

އިންޓަރނޭޝަނަލް ކަޕް އޮފް ޖޯއިގެ ޗެމްޕިއަންކަން މާޒިޔާގެ ޒުވާން ޓީމު ހޯދާ، ބައިނަލްއަޤުވާމީ ބޮޑު މުބާރާތަކުން ރާއްޖޭގެ ޔޫތް ޓީމެއް ހޯދި އެންމެ ބޮޑު ކާމިޔާބީ ހޯދުމުގެ ފަޚުރު އެޓީމުން ހޯދައިފިއެވެ.

މިއަދުކުޅުނު ފައިނަލު މެޗުގައި ބެންގަލޫރު އެފްސީ ބަލިކޮށް މާޒިޔާއިން ޗެމްޕިއަންކަން ހޯދީ 1-3 ލަނޑުންނެވެ.

އިންޑިއާގެ ޗެންނާއީގައި 14 އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބޭއްވި އިންޓަނޭޝަނަލް ކަޕް އޮފް ޖޯއި ގެ ތިންވަނަ އެޑިޝަންގެ ފައިނަލު މެޗު ކުޅުނީ އިންޑިއާގެ ކެލަމްބަކަމް ގެ ޗެޓިނާދް ސްކޫލުގައެވެ.

މި މުބާރާތުގައި މާޒިޔާއިން ކުޅުނު ފުރަތަމަ މެޗުން ބަލިވިނަމަވެސް ދެން ކުޅުނު މެޗުތަކުގައި ވަނީ ރަނގަޅު ކުޅުމެއްދައްކާފައެވެ.

އެގޮތުން ދެވަނަ މެޗުގައި ފާސްޓް ކިކް އެސްއެސްއޭ އާއި ވާދަކޮށް 0-6 ން ބަލިކޮށްފައިވާ އިރު، އިއްޔެ ހަވީރު ކުޅެން އޮތް މެޗު މާޒިޔާއަށް ލިބުނީ އިދިކޮޅު ޓީމުގެ ކުޅުންތެރިން ދަނޑަށް ހާޟިރު ނުވުމުންނެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޗެންނާއިއަން އެފްސީގެ މައްޗަށް މާޒިޔާއިން ކުރިހޯދީ އެޓީމުން ލަނޑެއްޖަހާފައިވަނިކޮށް ފަހަތުން އަރާ 2 ގޯލު ޖަހައިގެންނެވެ.

ބެންގަލޫރު އެފްސީ ފައިނަލުގެ ދެވަނަ ޖާގަ ހޯދީ ރިލަޔަންސް ޔަންގް ޗޭމްސް އާވާދަކޮށް ޕެނަލްޓީ ޖަހައިގެން 4-5 އިންނެވެ.

މާޒިޔާގެ ޒުވާން ޓީމުގެ ކޯޗަކީ މުހައްމަދު އާރިފް (އާރިއްޕެ) އެވެ.

މިއަދު އޮންލައިން