މިދިއަ ޖުލައި މަހުގެ 11 ވަނަ ދުވަހު އެމެރިކާގެ ލޯވާގައި އުފަންވި ބަރުދަނުގައި 368 ގްރާމް ހުރި ތުއްތު ކުއްޖަކު މިއަދު މަރުވެއްޖެއެވެ.
"މިރެކްލް ބޭބީ"ގެ ނަމުން މަޝްހޫރުވި މި ކުއްޖާ އުފަންވެފައިވަނީ 23 ހަފްތާ އާއި 1 ދުވަސްވީ ދުވަހު މައިމީހާގެ ބަނޑަށް ފެންދުލި ފަޅިގެން ލީކްވާން ފަށާފައިވަނިކޮށް ކަމަށް ޑޮކްޓަރުން ބުނެއެވެ.
ހޮސްޕިޓަލުން ބުނީ މިއީ ފާއިތުވި 10 އަހަރު ދުވަސްތެރޭ އެ ހޮސްޕިޓަލުގައި އުފަންވި އެންމެ ކުޑަ ކުއްޖާ ކަމަށެވެ.