ޕީއާރުސީ ފުޓްބޯލް ޓޯނަމެންޓް ދެހާސް ނަވާރަ: އެޗްކިޔު ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފި !

ކިޔުމަށް ހޭދަވާނީ 37ސ
ޕީއާރުސީ ފުޓްބޯލް ޓޯނަމެންޓް ދެހާސް ނަވާރަ:  އެޗްކިޔު ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފި !

މިހާރު ކުރިއަށްދާ ޕީއާރުސީ ފުޓްބޯލް ޓޯނަމެންޓުގެ ފައިނަލްގެ ފުރަތަމަ ޖާގަ އެޗްކިޔު އިން ކަށަވަރުކޮށްފި އެވެ.

ޓީމް އެޗްކިޔު މުބާރާތުގެ ފައިނަލަށް ދަތުރުކުރީ މާލެ ޖަލާ ވާދަކޮށް 5 1 ގެ ނަތީޖާ އަކުން މާލެ ޖަލުގެ މައްޗަށް ކުރި ހޯދައިގެންނެވެ. މީގެއިތުރުން ޓީމް އެޗްކިޔުން އިން ވަނީ މުބާރާތުގެ އެންމެ ގިނަ ޕޮއިން ހޯދައި ލީގު ޗެމްޕިއަންކަން ވެސް ހޯދައިފަވެއެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ޓީމް އެޗްކިޔުގެ ޖަރޒީ ނަންބަރު 10 ހުސެން ނަބީހު އެވެ.

ފައިނަލުގައި ބައްދަލު ކުރާ ދެވަނަ ޓީމް ކަށަވަރުވާނީ، މާދަމާ ކުޅޭ ސެމީގެ ދެވަނަ މެޗަށް ފަހުގަ އެވެ. މި މެޗުގައި ބައްދަލު ކުރާނީ އީއެސްޖީ އަދި މާފުށީ ޖަލެވެ.

މިއަދު އޮންލައިން