އައިއޯއައިޖީގެ ދިވެހި މެޑަލިސްޓުންނަށް އެލައިޑު އަދި އުރީދޫގެ ޚާއްޞަ ހަދިޔާ

ކިޔުމަށް ހޭދަވާނީ 59ސ
އައިއޯއައިޖީގެ ދިވެހި މެޑަލިސްޓުންނަށް އެލައިޑު އަދި އުރީދޫގެ ޚާއްޞަ ހަދިޔާ

އިންޑިއަން އޯޝަންސް އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ރާއްޖެއަށް މެޑަލް ހޯދައިދިން އެތްލީޓުންނަށް އެލައިޑް އިންށުރެންސް އަދި އުރީދޫ މޯލްޑިވްސް އިން ޚާއްޞަ ހަދިޔާއެއް ދީފިއެވެ.

އެތްލީޓުންގެ އަގު ވަޒަންކުރުމުގެ ގޮތުން އެލައިޑުން ވަނީ "ހޯމް ކޮންޓެންޓް ވައުޗަރ" އިންޝުއަރަންސް ޕެކޭޖުގެ ނަމުގައި ޚާއްޞަ ޕެކޭޖެއްދީފައެވެ.

މި ޕެކޭޖުގެ ދަށުން ގޭގައި ހުންނަ އަގުބޮޑެތި މުދާ އިންޝުއަރކުރެވެއެވެ. އަދި ހާދިސާއެއް ދިމާވާ ހާލަތެއްގައި އަގު ބޮޑު މުދަލަކަށް ގެއްލުމެއް ވެއްޖެނަމަ، މި ޕެކޭޖުގެ ދަށުން ކަވަރކުރެވޭނެއެވެ.

އުރީދޫ އިން ވަނީ ރަން މެޑަލް ހޯދި ކުޅުންތެރިންނަށް އެއްއަހަރު ދުވަހުގެ އިންޓަރނެޓް ޕެކޭޖެއް، ރިހި މެޑަލިސްޓުންނަށް 6 މަސްދުވަހުގެ އަދި ބްރޯންޒް މެޑަލިސްޓުންނަށް 3 މަސްދުވަހުގެ އިންޓަރނެޓް ޕެކޭޖެއް ދީފައެވެ.

ދަރުބާރުގޭގައި ރޭބޭއްވި މިހާރު އެވޯޑްސް ޙަފުލާގައި އުރީދޫގެ ފަރާތުން ޕެކޭޖް ޙަވާލުކޮށްދެއްވީ ސީއީއޯ ނަޖީބު ޚާނެވެ. އެލައިޑް އިންޝުއަރެންސްގެ ފަރާތުން ޕެކޭޖް ޙަވާލުކޮށްދެއްވީ އެލައިޑްގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަފާޒެވެ.

މިއަދު އޮންލައިން