ކަޝްމީރުގެ ކުރީގެ ޗީފް މިނިސްޓަރު މެހްބޫބާ މުފްތީ ބަންދުކޮށް ޢާއިލާއަށްވެސް އަދި ވަކީލުންނަސް ވެސް ބައްދަލު ނުކުރެވޭ ގޮތް ހަދައިފިއެވެ.
މެހްބޫބާ މުފްތީގެ ދަރިކަނބަލުން ވިދާޅުވީ މަންމާފުޅު ބަންދުކޮށްފައި ހުރީ ސަރުކާރުގެ ގެސްޓް ހައުސްއެއްގައި ކަމަށެވެ. "އެންމެ ފުރަތަމަ ގޭގަ ބަންދުކުރީ. އިއްޔެ ގެސްޓް ހައުސްއަށް ގެންދިއައީ. މިއުޅެނީ ގުޅޭނެ ގޮތެއްވެސް ނެތިގެން. ބައްދަލުކުރުމުގެ ފުރުޞަތެއްވެސް ނުދިން."
ދަރިކަނބަލުން ވިދާޅުވީ މަންމާފުޅު ބަންދުކުރުމަކީ ކަޝްމީރުގެ މައްސަލައަށް އޮތް ހައްލެއް ނޫން ކަމަށާއި ޙައްލަކީ ޚަޝްމީރުގެ މުސްލިމުންނަށް ލިބެންޖެހޭ ޙައްޤުތައް ދޯރުކޮށްދިނުން ކަމަށެވެ. އަސްކަރިއްޔާ ގެ ބޭނުން ތަގުންގެ ގޮތުގައި ހިފައިގެން އަނިޔާވެރިވި ވަރަކަށް ރައްޔިތުންގެ ކަންބޮޑުވުން ދާނީ އިތުރުވަމުން ކަމަށެވެ.