ނިކަމެތިންނަށް ވަގުތުން ޖަވާބުދާރީވަމުން ގެންދިއަ ސުޝްމާ ސްވަރާޖްގެ މަތިން ގިނަ ބައަކު ހަނދާންކުރާނެ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ނިކަމެތިންނަށް ވަގުތުން ޖަވާބުދާރީވަމުން ގެންދިއަ ސުޝްމާ ސްވަރާޖްގެ މަތިން ގިނަ ބައަކު ހަނދާންކުރާނެ-

ރޭ ކުއްލި ގޮތަކަށް އަވަހާރަވި އިންޑިއާގެ ޚާރިޖީވަޒީރު ސުޝްމާ ސްވަރާޖެގެ މަތިން ގިނަ ބައަކު ވަރަށް ބޮޑަށް ހަނދާން ކުރާނެއެވެ. އެއީ ނިކަމެތި ރައްޔިތުންނަށް ބެހެއްޓެވި ސަމާލުކަމުގެ ސަބަބުންނެވެ.

 

އެކަމަނާގެ ޚާރިޖީވަޒީރުކަމުގައި ދުނިޔޭގެ އެއްވެސް ޤައުމެއްގައި އިންޑިއާގެ އެއްވެސް ރައްޔިތަކު ހުއްޓައި އެވެސް ބާވަތެއްގެ ދަތިކަމެއް ދިމާވެއްޖެ ނަމަ ޚާރިޖިއްޔާއަށް ސިޓީ ފޮނުވާކަށް ނުޖެހެއެވެ. އެކަމަނާއަށް ޓްވީޓެއް ކޮށްފިނަމަ ވަގުތުން އެ މައްސަލައެއް ހައްލުކޮށްދެއްވަން މަސައްކަތް ކުރެއްވިއެވެ. އެންމެ ކައިރީގައި ހުންނަ އެމްބަސީއަކަށް އެކަން އަންގަވައި އެހީތެރިކަން ފޯރުކޮށްދެއްވެވިއެވެ.

ކިޑްނީ ބަދަލުކުރައްވައިގެން ހޮސްޕިޓަލުގައި އޮންނަވައިގެންވެސް އަދި ފަރުވާއަށް ގޭގައި ހުންނެވިއިރުވެސް ރައްޔިތުންގެ ޓްވީޓްތަކަށް ގެންދެވީ ޖަވާބު ދެއްވަމުންނެވެ. އެކަމުގެ ނަތީޖާއަކަށްވެގެން ދިއައީ ޚާތިޖިއްޔާ އާއި އެމްބސީތަކުގެ މަސައްކަތް ވަރަށް ބޮޑަށް ހަރުދަނާވެގެންދިއުމެވެ. މުވައްޒިފުންގެ ޚިދުމަތް އެތައް ގުނައަކަށް އިތުރަށް ފުރިހަމަވެގެން ދިއުމެވެ.

މިފަދަ ޚިދުމަތްތަކަކީ އެމީހަކު ދުނިޔެއާއި ވަކިވި ނަމަވެސް މަރުނުވެ ދިރިހުންނާނެ ޚިދުމަތްތަކެވެ. މީހުން އަބަދުވެސް ފާހަގަކުރާނެ ކަންކަމެވެ. ދުނިޔޭގައި ދެވަނައަށް އެންމެ މީހުން ގިނަ، އަދި އެންމެ ގިނަ ބައަކު ޤައުމުން ބޭރުގައި ދިރިއުޅޭ އިންޑިއާގެ ޚާރިޖީ ވަޒީރު މިފަދަ ޚިދުމަތެއް ކުރައްވާފައިވާއިރު ރާޖެ ފަދަ އެންމެ 2،3 ލައްކަ މީހުންގެ ޤައުމެއްގެ މިނިސްޓަރުން މިފަދައިން ޚިދުމަތް ކުރައްވާނެ ނަމަ ރައްޔިތުންނަށް ލިބޭނެ ލުއިފަސޭހަކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން