ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އިންޑިއާގެ ކަޝްމީރުގެ މައްސަލައިގައި އިންޑިއާ ސަރުކާރުގެ ކޮޅަށް ޖެހި ކަޝްމީރަށް ކުރިން ދީފައި އޮތް ޚާއްޞަ އިމްތިޔާޒްތައް އުވާލަން އިންޑިއާގައި މިހާރު ވެރިކަން ކުރާ ހީންދޫންގެ ބީޖޭޕީ ސަރުކާރުން ނިންމި ނިންމުމަށް ތާއީދުކޮށްފިއެވެ.
އާޓިކަލް 370 އުވާލުމާއި ގުޅިގެން ދިވެހި ޚާރިޖިއްޔާއިން އިނގިރޭސިބަހުން މިއަދު ނެރުނު 2 ޕެރެގްރާފްގެ ކުރު ބަޔާނުގައި ބުނީ އިންޑިއާގެ ނިންމުމަކީ އެގައުމުގެ ދާހިލީ މައްސަލައެއް ކަމަށް ރާއްޖެއިން ދެކޭ ކަމަށެވެ.
މީގެ އިތުރުން އިންޑިއާއަކީ އަމިއްލަ މިނިވަން މުސްތަގިއްލު ގައުމަކަށްވުމުން އެ ޤައުމުން ބޭނުންވެއްޖެ ހިނދެއްގައި ގާނޫނު އަސާސީއަށް ބަދަލުތައް ގެނެސް، އިސްލާހުކުރުމުގެ ބާރު އިންޑިއާއަށް ލިބިފައިވާ ކަމަށް ރާއްޖެއިން ޤަބޫލުކުރާ ކަމަށެވެ.
މިއީ ރާއްޖޭގެ ތާރީޚުގައިވެސް ކަޝްމީރުގެ މައްސަލައިގައި ވަކިކޮޅަކަށް ބުރަވި ފުރަތަމަ ފަހަރެވެ. ޕާކިސްތާނު މަނަވަރު ރާއްޖެ އަސް ޒިޔާރަތް ކުރަން ރާއްޖެއިން ހުއްދަ ނުދިންކަމުގެ އަޑުތައް ފެތުރުނު ވަގުތު ވެސް އިންޑިއާއިން ބުނީ މުސްލިމް ޤަުމުތައް ލަވައި މުސްލިމުން ބަލިކުރުމުގެ ޤާބިލުކަން އިންޑިއާއަށް މިހާރު ލިބިފައިވާ ކަމަށެވެ.