ސްޕޭންގައި ފްރިޖެއް ޖަންގަލި ތެރެއަށް އެއްލައިލި މީހަކު ފަންސާސް ހާސް ޑޮލަރުން ޖުރުމަނާކޮށް ފްރިޖް ނަންގުވައި ރިސައިކަލްކުރަން ޖައްސުވައިފިއެވެ.
ފުލުހުން އޭނާ އަތުލައިގަތީ ސީސީޓީވީ ފުޓޭޖް ބަލައިގެންނެވެ.
މަގުމައްޗަށް ކުނި އެޅުމާއި އެމީހަކު ބޭނުންވާހައި ތަނަކަށް ބޭނުންވާހައި އެއްޗެއް އުކުން ހުއްޓުވޭނީ އެކަންކަން ބެލެހެއްޓޭނެ ރަނގަޅު ނިޒާމެއް ޤާއިމުކޮށްގެންކަން މިފަދަ ކަންކަމުންވެސް އެނގިގެންދެއެވެ.