ހަމައެކަނި ހޭނ އަނގައަށް ބަލައިގެން އެއީ ޙަޤީޤީ ހިނިތުންވުމެއް ކަމެއް ނުއެނގޭނެވެ. އެއީ ޙަޤީޤީ ހިނިތުންވުމެއް ކަމަށްވާނަމަ ބޮޑަށް އެނގޭނީ ލޮލުންނާއި ލޮލާއި ގުޅިފައިވާ ޙަރަކާތްތަކުންނެވެ.
ހިނިތުންވުމުން އެއީ ޙަޤީޤަތެއްކަން ނުވަތަ ނޫންކަން ދެނެގަތުމަކީ މިހާރު ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. "ފޭކް ހިނިތުންވުންތައް ގިނަކަމުންނެވެ. މުނާފިޤުންނާއި މަކަރުވެރިން ގިނަވި ވަރަކަށް މިފަދަ ކަންކަން ދާނީ އިތުރުވަމުންނެވެ. ވީމާ ސަލާމަތްކަން ހޯދަން ކުރެވެން އޮތް ހަމައެކަނި ކަމަކީ ޢިލްމުވެރިވެ ހޭލުންތެރިވުމެވެ.
ދެމަފިރިންގެ ޒަވާޖީ ހަޔާތް ދެމެހެއްޓުމަށްޓަކައިވެސް މިއަދު ޙަޤީޤީ ހިނިތުންވުމާއި ފޭކް ހިނިތުންވުންތައް ދެނެގަތުން މިހާރު މިވަނީ ވަރަށް މުހިންމު ކަމަކަށް ވެފައެވެ.
Can you tell the difference between a real and a fake smile? pic.twitter.com/d76AkmRZZB
— BBC Yorkshire (@BBCLookNorth) August 6, 2019