މުސްލިމުންނަށް ހިތުހުރި ގޮތެއް ހަދަނީ "ބައްޕަ ނެތް ޔަތީމް" ބައަކަށް ސައުދިއަރަބިޔާއިން ހަދާފައިވާތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
މުސްލިމުންނަށް ހިތުހުރި ގޮތެއް ހަދަނީ "ބައްޕަ ނެތް ޔަތީމް" ބައަކަށް ސައުދިއަރަބިޔާއިން ހަދާފައިވާތީ!

ކަޝްމީރުގއި ހިންގަމުން ގެންދާ ކަންކަމާއިމެދު ކަންބޮޑުވާ ކަމަށް ސައުދިއަރަބިޔާއިން ބުނެފިއެވެ. ސައުދީ ސަރުކާރުން ބުނެފައިވަނީ ދެބައި މީހުންވެސް ޞުލްޙައަށް މަސައްކަތް ކުރުމަށް ގޮވައިލާ ކަމަށެވެ. ސައުދިއަރަބިޔާއިން މިމޭރުމުން ގޮވައިލި ނަމަވެސް އެއީ އެއްވެސް މާނައެއް އޮތް ގޮވައިލުމެއް ކަމަކަށް ގިނަ ބައަކު މިހާރު ޤަބޫލެއް ނުކުރެއެވެ. އެއީ މުސްލިމް އުންމަތުގެ ބައްޕަގެ ދައުރު ސައުދިއަރަބިޔާއިން އަދާނުކުރާތީ ކަމަށްބުނެއެވެ.

ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުންނަށް ހަމަލާދީ މަރަމުން ގެންދަނީ މުސްލިމުންނަކީ ބައްޕަ ނެތް ޔަތީމް ކުދިންކަން ޤަބޫލުކުރެވޭތީ އެވެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރި ނަމަވެސް ދިފާއުގައި ނުކުންނާނެ ބައްޕައަކު ނެތްކަން އެނގޭތީއެވެ. މުސްލިމުންނަށް އަނިޔާ ކުރުން އިތުރުކުރި ވަރަކަށް ސައުދީ ސަރުކާރުން ދޭ އެހީތެރިކަން އިތުރުކުރާނެކަމުގެ ޔަޤީންކަން އޮންނާތީއެވެ.

ސައުދީ ބާޒާރުގައި މިހާރުވެސް އެންމެ ގިނަވާނީ މުސްލިމުންނަށް ރޯދަވެސް ހިފެންނެތި، މުޞަހަފެއް ގެން ގުޅެވެން ނެތި، އަދި މުސައްލައެއްވެސް ނުގެންގުޅެވުމުގެ އިތުރުން ގަދަކަމުން ބަނގުރާ ބޯންދީ އޫރުމަސް ކާންދޭ ޗައިނާގެ މުދަލެވެ.

ސައުދީގެ މާލީ އެހީތެރިކަން އެންމެ ބޮޑަށް ލިބެމުން ދަނީ ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތައް ފޭރި އެމީހުންގެ އަމިއްލަ ގޮތަކުންވެސް ނެރެ މަގުމަތިކުރުމުގެ އިތުރުން ފަލަސްޠީނުގެ ތުއްތުކުދިންނާއިމެދު ކޮންމެ ދުވަހަކު އަނިޔާވެރި އަމަލުތައް ހިންގުމުގައި އެންމެ އިސް ދައުރެއް އަދާ އެމެރިކާއަށެވެ.

އިންޑިއާއިން އާޓިކަލް 370 އުވައިލުމުގެ ކުޑަދުވަސްކޮޅެއް ކުރިން ސައުދީ ވަލީ އަހުދު ވަނީ އިންޑިއާއަށް ޒިޔާރަތް ކުރައްވައިފައވެ. ޖީ20 ސަމިޓުގައި ވަނީ މޯދީ އާއިވެސް ބައްދަލުކުރައްވައިފައެވެ. ދިގުކޮށް މަޝްވަރާތައް ކުރިއަށް ގެންދަވައިފައެވެ. ވީމާ ޕާކިސްތާނު ބަލިކުރަން އެމެރިކާއިން ފަށައިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ކަޝްމީރުގެ މައްސަލައިގައި އެމެރިކާގެ ނުފޫޒުގައި ސައުދި އަރަބިޔާ "އާމީން" ކިޔައިގެން އޮތުމަކީ ފެންނަކަންކަމަށް ބަލާއިރު ވުން ވަރަށް ކައިރި ކަމެކެވެ.

މާތް ﷲ މުސްލިމުންގެ ބެލެނިވެރިކަން ސައުދީންނާއި ހަވާލުކުރައްވަވާފައިވަނީ އެކަން ކުރެވޭނެ ތަނަވަސްކަން ދެއްވެވުމާއިވެސް އެކުގައެވެ. ނަމަވެސް މިއަދު އެތަނަވަސްކަމުން ބޮޑުބައި ހޭދަކުރަމުން ގެންދަނީ މުސްލިމުންގެ އެންމެ ބޮޑެތި ޢަދާވާތްތެރިނަށެވެ.

ޔާ ﷲ! މިހާލަތުން މުސްލިމުން ސަލާމަތްކޮށްދެއްވަވާނދޭވެ! އާމީން.

މިއަދު އޮންލައިން