ޕާކިސްތާނުގައި މިއަދުން ފެށިގެން އިންޑިއާ ފިލްމް ދެއްކުން މަނާކޮށްފިއެވެ. ޕާކިސްތާނުން ބުނީ އެފިޔަވަޅު އެޅީ އިންޑިއާއިން އާޓިކަލް 370 އުވާލުމާއި ދެކޮޅު ހެދުމުގެ ގޮތުން ކަމަށެވެ.
ކަޝްމީރަށް މިއަދު އިންޓަރނެޓްވެސް ނުލިބޭތީ ކަޝްމީރުގެ ހާލަތު އެނގުމަށް ހުރަސްތަކެއް މިހާރުވެސް ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ. މަޝްމީރު މިއަދު ވަނީ ދުނިޔެއަށް ގެއްލުވާލައިފައިކަމަށް ބުނެ އެކި ޤައުމުތަކުގައި ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.
ޕާކިސްތާނުން ވަނީ މީގެ ކުރިންވެސް އެކިއެކި ކަންކަމާއި ގުޅިގެން ހިންދީ ފިލްމު ދެއްކުން މަނާކޮށްފައެވެ. މިއަދު މަނާކޮށް ނެރުނު އަމުރުގައި ބުނެފައިވަނީ އިތުރު ގޮތަކަށް އަންގަންދެން ޕާކިސްތާނުގެ އެއްވެސް ސަރަހައްދެއްގައި ހިންދީ ފިލްމު ދެއްކުމަކީ މަނާކަމެއް ކަމަށެވެ.