ހުރި ދަތިތަކާއިއެކުވެސް ޗައިނާގެ ގިނަ ބައަކު މިއަހަރުވެސް ޙައްޖަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ހުރި ދަތިތަކާއިއެކުވެސް ޗައިނާގެ ގިނަ ބައަކު މިއަހަރުވެސް ޙައްޖަށް!

ޗައިނާގައި މުސްލިމުންނަށް ކުރިމަތިވެފައިވާ ދަތިތަކާއިއެކުވެސް މިއަހަރުވެސް ޗައިނާގެ ގިނަ ބައަކު ވަނީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަން މައްކާއަށް ގޮސްފައެވެ. 

ޗައިނާގެ ޙައްޖުވެރިންނަށް އިނގިރޭސި ބަސްވެސް އަދި ޢަރަބި ބަސްވެސް ނުއެނގޭތީ އެމީހުންނަށް އެހީތެރިވުމަށް ސައުދީ ސަރުކާރުން މިހާރު ވަނީ ސައުދީގެ "އެހީތެރިންނަށް" ޗައިނާ ބަސް ދަސްކޮށްދީފައެވެ. 

ޗައިނާގައި މުސްލިމުން ގިނަ ނަމަވެސް ޙައްޖަށް ދިއުމަށް ދަތިތައް ހުރުމުން ޙައްޖަށް ދެވޭ މީހުންގެ އަދަދު އުޅެނީ ގިނަވެގެން ސޯޅަވަރަކަށް ހާހުގައެވެ. ތަފާސް ހިސާބުތަކަށްބަލާއިރު ޗައިނާގެ ރައްޔިތުންގެ ތެރޭގައި 20 މިލިއަނަށްވުރެ ގިން މުސްލިމުން ހިމެނެއެވެ. 35،000 އަށްވުރެ ގިނަ މިސްކިތް ހުރެއެވެ. 40،000 އަށްވުރެ ގިނަ އިމާމުން ތިބެއެވެ.

 

މިއަދު އޮންލައިން