ނޯވޭގެ އަލް-ނޫރު އިސްލާމިކް ސެންޓަރަށް ހަމަލާދިން މީހާ ހައްޔަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ނޯވޭގެ އަލް-ނޫރު އިސްލާމިކް ސެންޓަރަށް ހަމަލާދިން މީހާ ހައްޔަރުކޮށްފި

ނޯވޭގެ ވެރިރަށް އޮސްލޯ އާއި 20 ވަރަކަސް ކިލޯމީޓަރު ދުރުގައި އޮންނަ ބައެރުމް ގައި ހުންނަ އަލް-ނޫރު އިސްލާމިކް ސެންޓަރަށް ބަޑިހިފައިގެން ވަދެ މިއަދު މެންދުރު ހަމަލާދިން މީހާ ހައްޔަރުކުރެވިފައިވާ ކަމަށް ނޯވޭގެ ފުލުހުން ބުނެފިއެވެ. 

ފުލުހުން އޭނާގެ ތަފްޞީލު ދެމުން ބުނެފައިވަނީ ޒުވާނެއް ކަމަށާއި ދޮން މީހެއް ކަމަށެވެ. 

މިސްކިތުގެ އިސް މެންބަރަކު ވިދާޅުވެފައިވަނީ ޔުނިފޯމެއް އަޅައި އަދި ހެލްމެޓެއް އަޅައިގެން ހުރި މީހަކު މިސްކިތަށް ވަދެ ބަޑިޖަހަންފެށީ ކަމަށެވެ. ބަޑިޖަހަން ފެށިތަނުން މިސްކިތުގެ މެންބަރަކު އޭނާގެ މައްޗަށް ބާރު ހިންގައި އޭނާއަތުލައިގަތީ ކަމަށެވެ. 

މިހަމަލާގައި އެކަކަށް ވަނީ އަނިޔާ ލިބިފައެވެ.

މިއަދު އޮންލައިން