ނޯވޭގެ މިސްކިތަށް ވަދެ ބަޑިޖެހި ޒުވާނާގެ މައްޗަށް ގަދަވެގަތީ ޤްރުއާން ކިޔަވަން އިން 75 އަހަރުގެ މީހެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ނޯވޭގެ މިސްކިތަށް ވަދެ ބަޑިޖެހި ޒުވާނާގެ މައްޗަށް ގަދަވެގަތީ ޤްރުއާން ކިޔަވަން އިން 75 އަހަރުގެ މީހެއް!

ނޯވޭގެ މިސްކިތަށް ވަދެ ހޮނިހިރު ދުވަހު ބަޑިޖެހި ޒުވާނާ ބަޑިޖަހަން ހުއްޓައި އޭނާގެ މައްޗަށް ގަދަވެ ގަނެ އޭނާ އަތުލައިގަތީ އެވަގުތު މިސްކިތުގައި ކީރިތި ޤްރުއާން ކިޔަވަން އިން އުމުރުން  75 އަހަރުގެ މީހެއް ކަމަށް ބައެއް މީޑިއާތަކުން ހާމަކޮށްފިއެވެ. 

މިސްކިތުގެ އިމާމް މުޝްތާޤް އާއި ޙަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ އެމީހާއަކީ މެންދުރު ނަމާދު ނިމިގެން މިސްކިތުގައި ކީރިތި ޤްރުއާން ކިޔަވަން އިން މީހެއް ކަމަށެވެ. ޒުވާނާގެ މައްޗަށް އޭނާ ގަދަވެގަތީ ބަޑިޖަހަން ހުއްޓައެވެ.

މާތް ﷲ އޭނާއަށް އެވަގުތު ދެއްވަވާފައި އެވަނީ ވަރަށް ވަރުގަދަ ބާރަކާއި އެހައިމެ ވަރުގަދަ ހިތްވަރެއްކަން ޤަބޫލުކުރަންޖެހެއެވެ.

ނިޔުޒީލަންޑުގައި ދާދިފަހުން 50 މުސްލިމުން ޝަހީދުކޮށްލައި އެތައް ބައަކު ޒަކަމްކޮށްލީވެސް "އަލްނޫރު" ކިޔާ މިސްކިތެއްގައެވެ.

ނޯވޭގެ ފުލުހުން ބުނީ ދޮން މީހުންގެ ބައަކު އިސްލާމް ދީން ދެކެ ވަރަށް ބޮޑަސް ރުޅިގަދަވެގެން އުޅޭކަން ފާހަގަކުރެވޭ ކަމަށެވެ. "ނިޔުޒީލަންޑުގެ މިސްކިތަށްވެސް ނޯވޭގެ މިސްކިތަށްވެސް ހަމަލާދިނީ ދޮން މީހުން. އެމެރިކާގެ މިސްކިތްތަކަށް ވެސް ހަމަލާދީފައިވަނީ ދޮން މީހުން." ކަން ފާހަގަކުރާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

 

މިއަދު އޮންލައިން