ކަޝްމީރުގެ ރައްޔިތުންނަށް ޚާއްޞަ އިނާޔަތްދޭ އާޓިކަލް އުވާލި މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ކަޝްމީރުގެ ރައްޔިތުންނަށް ޚާއްޞަ އިނާޔަތްދޭ އާޓިކަލް އުވާލި މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅަނީ!

ކަޝްމީރުގެ ރައްޔިތުންނަށް ޚާއްޞަ އިނާޔަތްދޭ އާޓިކަލް 370 އުވާލި މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅަން ދަ ނޭޝަނަލް ކޮންފަރަންސް ޕާޓީން ނިންމައިފިއެވެ. 

ކަޝްމީރުގައި އެންމެ ނުފޫޒުގަދަ އެއް ޕާޓީކަމަށްވާ ނޭޝަނަލް ކޮންފަރަންސްގެ ލީޑަރު ޢުމަރު ޢަބްދުﷲ، އިންޑިއާ ސިފައިން ވަނީ މިދިއަ ހޯމަ ދުވަހު ބަންދުކޮށްފައެވެ. އޭނާގެ އިތުރުން ކަޝްމީރުގައި އެންމެ ފަހުން ހުންނެވި ޗީފް މިނިސްޓަރު މެހްބޫބާ މުފްތީ ވެސް ވަނީ ބަންދުކޮށްފައެވެ. 

ޕާކިސްތާނުން މިހާރު މަސައްކަތްކުރަމުން ގެންދަނީ ކަޝްމީރުގެ މައްސަލަ އދގެ ސެކިޔުރިޓީ ކަުންސިލަށް ހުށަހެޅުމަށެވެ. އެކަމަށް ޗައިނާގެ ފުރިހަމަ އެހީތެރިކަން ލިބޭނެ ކަމަށް ޕާކިސްތާނުން ބުނެއެވެ. 

އީރާނުން ވަނީ ކަޝްމީރުގެ މައްސަލައިގައި "ހައިޖާނުގަނޑެއްގެ ތެރެއަށް ވަދެ ހަނގުރާމައެއް ނުފެށުމަށް ޕާކިސްތާނަށާއި އިންޑިއާއަށް ގޮވާލައިފައެވެ.

 

މިއަދު އޮންލައިން