"ބަވަތި" ބަލަން ތައްޔާރުތަ؟ ޓިކެޓް ނަގަން މިހާރު ޕްރީ-ބުކިންގ ހަދާލެވޭނެ!

ކިޔުމަށް ހޭދަވާނީ 1މ 24ސ
"ބަވަތި" ބަލަން ތައްޔާރުތަ؟ ޓިކެޓް ނަގަން މިހާރު ޕްރީ-ބުކިންގ ހަދާލެވޭނެ!

މިއަހަރަކީ ހަމަ ޔަގީނުން ވެސް ދިވެހި ފިލްމު އިންޑަސްޓްރީއަށް ވަރަށް ފުރިހަމަ ކާމިޔާބީއެއް ލިބެމުންދާ އަހަރެކެވެ. ކާމިޔާބު އަދި އެހާމެ ތަފާތު ގިނަ ފިލްމުތަކެއް ޕްރިމިއަރ ކުރެވިގެން ގޮސްފައިވާއިރު، ކުރިއަށްހުރި ގިނަ ފިލްމުތަކަށް ވެސް ގިނަ ބަޔަކު ދަނީ ފޮނި އިންތިޒާރުތަކެއް ކުރަމުންނެވެ. 

އެފަދަ އެއް ފިލްމަކީ، ދިވެހި ފިލްމު އިންޑަސްޓްރީއަށް އަލަށް ނިކުންނަ "އައިފިލްމްސް" ގެ އުފެއްދުމެއް ކަމަށްވާ "ބަވަތި" މިފިލްމެވެ. 

ތަފާތު ނަމެއް ދީފައިވާ މިފިލްމުގެ އިސްތިހާރުތައް އެހާމެ ތަފާތު ވެފައި، ރީއްޗެވެ. ބަވަތި ގެ މޯޝަން ޕޯސްޓަރާއި، ހިތުގައި ޝައުޤުވެރިކަން އުފެއްދުވި 2 ޓީޒަރ ގެ އިތުރުން އިތުރު ފުރިހަމަ ކަމެއް ގެނެސްދިން ޕްރޮމޯޝަނަލް ލަވައާއި ޓްރެއިލާރ ވެގެން ދިޔައީ މިފިލްމަށް ބެލުންތެރިން ކުރަމުން އައި އިންތިޒާރު އިތުރު ކުރުވި ކަންކަމަށެވެ. 

"ބަވަތި" މިފިލްމު އަންނަ ސެޕްޓެމްބަރ މަހުގެ 2 ވަނަ ދުވަހު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވާއިރު، މިމަހުގެ 20 ވަނަ ދުވަހު މިފިލްމުގެ ޓިކެޓް ވިއްކަން ފަށާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރ އަދި ޑިރެކްޓަރ އިލްޔާސް ވަހީދު ބުނެފައިވެއެވެ. އަދި މިހާރު މިފިލްމުގެ ޓިކެޓު ގަތުމަށް ޕްރީ ބުކިން ވެސް ހެދޭނެ ކަމަށް އިލްޔާސް ބުނެފައިވެއެވެ. ޕްރީ ބުކިން ހެދުމަށް ގުޅާލާނީ 7390005 އަށެވެ. 

މިފިލްމުގައި ލީޑް ރޯލުން ފެނިގެންދަނީ މިހާރު ދިވެހި ފިލްމު އިންޑަސްޓްރީގައި ކުރިއަރަމުން އަންނަ ކުޅަދާނަ ބަޠަލާ ނުޒުހަތު ޝުއައިބު (ނުޒޫ) އާއި ފީޗަރ ފިލްމަކުން އަލަށް ފެނިގެންދާ ބަޠަލު އަހުމަދު އިޒްނާޒް ފިރާގެވެ.

މިއަދު އޮންލައިން