އެތައްހާސް ބައަކު މުޒާހަރާކުރާތީ ހޮންގކޮންގ އެއާޕޯޓް ބަންދުކޮށްފިއެވެ. އެތައް ހާސް ބައަކު ބެނަރަތައް ހިފައިގެން ތިބެ ބުނަމުން ދިއައީ ހޮންގކޮންގއަކީ ސަލާމަތްކަން އޮތް ތަނެއް ނޫން ކަމަށާއި ފުލުހުންނަށް ހަލާކު ހުރި ކަމަށެވެ.
އެއާޕޯޓުގެ ފަރާތުން ދިން ބަޔާނުގައި ވަނީ ރައްޔިތުން އެއާޕޯޓް ސަރަހައްދާއި ކައިރި ނުވުމަށް އެދިފައެވެ. އަދި ދުނިޔޭގެ އެންމެ ކާރޫބާރޫ އެއް އެއާޕޯޓް ކަމަސްވާ ހޮނގކޮންގ އިންޓަރނޭޝަނަލް އެއާޕޯޓު ހުއްޓުމަކަސް ގެންނަން ޖެހުމުން ވަރަށް ގިނަ ދަތިތައް ކުރިމަތިވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ހޮންގކޮންގގައި މައްސަލަތައް އުފެދިގެން އުޅެނީ ޗައިނާގެ ކިބައިން ހޮންކޮންގ މިނިވަންކުރަން ބޭނުންވާތީ މުޒާހަރާކުރާ މީހުންނަށް ފުލުހުން އަނިޔާކޮށް ހައްޔަރުކުރަމުން ގެންދާތީކަން ފާހަގަކުރެވެއެވެ.