ނޯވޭގެ މިސްކިތުގަ ބަޑިޖަހައި 17 އަހަރުގެ އަންހެންކުއްޖާ މަރާލި ޓެރަރިސްޓް ހަމަލާއަށް އިންކާރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ނޯވޭގެ މިސްކިތުގަ ބަޑިޖަހައި 17 އަހަރުގެ އަންހެންކުއްޖާ މަރާލި ޓެރަރިސްޓް ހަމަލާއަށް އިންކާރުކޮށްފި

ނޯވޭގެ އަލްނޫރު މިސްކިތުގައި ބަޑިޖަހައި 17 އަހަރުގެ އަންހެންކުއްޖާ މަރާލި ޓެރަރިސްޓް ހަމަލާއަށް އިންކާރުކޮށްފި އެވެ. 

"ދޮރު ބަންދުކޮށްގެން" މިއަދު ކޯޓުގައި ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި އޭނާގެ ވަކީލު ބުނީ އޭނާގެ ކްލައިންޓް މަރައިލީ ޓެރަރިސްޓެއްގެ ބައްޕަގެ ދޮން ދަރިއެއް ކަމަށެވެ. އެހެންކަމުން އެއީ ޓެރަރިސްޓް ހަމަލާއެއް  ނޫން ކަމަށެވެ. 

ވަކީލް އެމޭރުމުން ބުނި ނަމަވެސް އޭނާ ދެއްކި އެއްވެސް ވާހަކައެއް ސާބިތުކުރަން އެއްވެސް ހެއްކެއް ދެއްކިފައެއް ނުވެއެވެ. 

ފުލުހުން ބުނީ މަރާލި 17 އަހަރުގެ އަންހެން ކުއްޖާއަކީ ނޯވޭގެ މީހަކު ގެންގުޅެ ބޮޑުކޮށްފައިވާ ޗައިނާ ދަރިކޮޅުގެ ކުއްޖެ ކަމަށެވެ. ހަމަލާދިން ޒުވާނާއަކީ ނަސްލީ ފިކުރުގައި ހައްދުފަހަނައަޅާފައިވާ ޒުވާނެއް ކަމަށެވެ. ދީނީ ފިކުރުގައި ހައްދުފަހަނައަޅާފައިވާ ޒުވާނެއްކަމަށް ބުނަން ބޭނުން ނުވީކަމަށް ބެލެވޭ ކަމަށް ބައެއް ނޫސްތަކުގައި ހާމަކޮށްފައިވެއެވެ. 

ބަޑިން ހަމަލާދިނީ 21 އަހަރުގެ ފިލިޕް މަންޝައުސް ކިޔާ މީހެކެވެ. އޭނާ ހަމަލާދެމުން ދަނިކޮށް އަތުލައިގަތީ މިސްކިތުގައި އެވަގުތު ކީރިތި ޤްރުއާން ކިޔަވަން އިން އުމުރުން 75 އަހަރުގެ މީހެކެވެ.

 

މިއަދު އޮންލައިން