މަސްޖިދުލްއަޤްޞާގަ ޢީދު ނަމާދުކުރި ބޮޑު ޖަމާއަތަށް ބަޑި ޖަހައި ސާދަ މީހުން ޝަހީދުކޮށްލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 35ސ
މަސްޖިދުލްއަޤްޞާގަ ޢީދު ނަމާދުކުރި ބޮޑު ޖަމާއަތަށް ބަޑި ޖަހައި ސާދަ މީހުން ޝަހީދުކޮށްލައިފި

މަސްޖިދުލްއަޤްޞާގައި އިއްޔެ ޢީދު ނަމާދުކުރި ބޮޑު ޖަމާއަތަށް ހައްދުފަހަނައަޅާފައިވާ ޔަހޫދީ ސިފައިން ބަޑި ޖަހައި 14 މީހުން ޝަހީދުކޮށްލައިފިއެވެ. ރަސްމީ ރިޕޯޓްތައް ބުނާ ގޮތުން  ހަމަލާތަކުގައި 65 އަސްވުރެ ގިނަ މީހުން ޒަޚަމްވިއެވެ. 

ރިޕޯޓްތައް ބުނާ ގޮތުން އެއް ލައްކައަށްވުރެ ގިނަ މީހުން ޢީދު ނަމާދަށް ތިއްބައި ފުރަތަމަ އެތަނަށް ވެއްދީ ހައްދުފަހަނައަޅާފައިވާ ޔަހޫދީންގެ ބައިގަނޑެކެވެ. އެކަމާ ހިތްހަމަ ނުޖެހި މުސްލިމުން ކަންބޮޑުވުން ފައުޅުކުރުމުން ކަރުނަގޭސް ޖަހައި ބަޑިން ހަމަލާދިނީއެވެ. 

ހައްދުފަހަނައަޅާފައިވާ ޔަހޫދީ ސިފައިން މިފަދަ ހަމަލާއެއް ދީފާނެ ކަމަށް ބެލެވޭތީ ޢީދު ނަމާދުކުރަން ފެށީވެސް ހަމަޖައްސާފައި އޮތް ގަޑިއަށްވުރެ 1 ގަޑިއިރު ފަހުންނެވެ.

މިއަދު އޮންލައިން