ވެލީގެ ތޫފާންތަކުގެ އަސަރު ޙަރަމްފުޅަށް ކުރުން ކައިރި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 30ސ
ވެލީގެ ތޫފާންތަކުގެ އަސަރު ޙަރަމްފުޅަށް ކުރުން ކައިރި!

ވެލީގެ ތޫފާންތައް ސައުދިޢަރަބިޔާގެ ގިނަ ސަރަހައްދުތަކަށް އަރާފައިވާއިރު މައްކާއަށްވެސް އަރާނެ ކަމަށާއި ހަރަމްފުޅުގެ ސަރަހައްދަށް ވެސް ފޯރުން ކައިރި ކަމަށް ސައުދީ މެޓް އޮފީހުން ބުނެފިއެވެ. 

މެޓް އޮފީހުން ބުނީ ވެރިރަށް ރިޔާދަށްވެސް ޠޫފާން އެރި ކަމަށާއި މިހާރު މިސްރާބު ޖަހާފައިވަނީ ދެކުނުގެ ސަރަހައްދުތަކަށް ކަމަށެވެ. މަދީނާއަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ގުގުރާނެ ކަމަށްވެސް ބުނެފައިވެއެވެ. މީގެ އިތުރުން ވިއްސާރައިގައި 36 މޭލަށް ވައިގަދަވެދާނެ ކަމަށްވެސް ބުނެފައިވެއެވެ.  

މޫސުމީ މައްސަލަތަކަށް ސަމާލުކަންދީގެން ވެހިކަލްތައް ދުއްވުމަށް މެޓް އޮފީހުން ވަނީ އިރުޝާދު ދީފައެވެ.

މިއަދު އޮންލައިން