ކެންސަރާ ހަނގުރާމަކުރަމުންދާ ބައްޕައަކު ޑޮކްޓަރުންނަށް އާދޭސްކޮށްގެން އޭނާގެ ނުކުޅެދުންތެރިކަން ހުރި ދަރިފުޅު ސްކޫލަށް ގެންދަން ވަގުތު ހޯދައިފި އެވެ.
އެމެރިކާގެ ފުލުސް އޮފިސަރެއް ކަމަށްވާ އެންޑީ ބުނީ އޭނާގެ ދަރިފުޅު ގޮވައިގެން ސްކޫލަށް ކޮންމެ ދުވަހަކު ދިއުމަކީ އޭނާ ދެކެމުން އައި ވަރަށް ބޮޑު ހުވަފެނެއް ކަމަށެވެ. އެހެންކަމުން ކޮންމެ ގޮތަކުން ނަމަވެސް އޭނާގެ އުމުރުން 5 އަހަރުގެ ދަރިފުޅު ސްކޫލަށް ދާ ފުރަތަމަ ދުވަހު ދަރިފުޅާއިއެކު ދާން ބޭނުން ކަމަށެވެ. ޑޮކްޓަރުން މަދު ވަގުތުކޮޅަކަށް ފުރުޞަތު ދިނުމުން އޭނާ ދަރިފުޅާއިއެކު ސްކޫލަށް ދިއައީ އޭނާ އާއިއެކު މަސައްކަތް ކުރި ފުލުހުންގެ ޓީމެއްގެ އެހީތެރިކަމާއިއެކުގައެވެ.
"އަހަރެންގެ ހުރިހާ އެއްޗަކީ ވެސް އަހަރެންގެ ދަރިފުޅު. އެދަރިފުޅު ސްކޫލަށް ގެންދިއުމަށްވުރެ މުހިންމު ކަމެއް އަހަރެންނަކަށް ނެތް. އެހެންވީމާ މިކުރެވުނީ ވަރަށް ބޮޑުކަމެއް." ކަމަށް އެންޑީ ބުނެފައިވެއެވެ.

އެންޑީ ދަރިފުޅު ގޮވައިގެން ސްކޫލަށްދާން ގެއަށް ދިއަ ވަގުތު 3 އަހަރުގެ އަންހެން ދަރިފުޅު ބައްޕަ ޢާ ބައްދަލުކުރަނީ:
ކެންސަރު ބައްޔަކީ ރާއްޖޭގައި ވެސް މިހާރު ވަރަށް ޢާންމު ބައްޔެކެވެ. ކެންސަރު ޖެހޭ ހުރިހާ ސަބަބުތައް ނުއެނގުނު ނަމަވެސް ކެންސަރު ޖެހިދާނެ ކަމަށް ބެލެވޭ ސަބަބުތަކާއި ދުރުހެލިވުމަކީ ކުރެވިދާނެ ކަމެކެވެ.