ހިންދޫ ކަލާނގެއަށް ސަނާ ނުކިޔުމުން 2 މުސްލިމަކަށް ވަޅިން ހަމަލާދީފި - އެކަކުގެ ހާލު ސީރިއަސް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ހިންދޫ ކަލާނގެއަށް ސަނާ ނުކިޔުމުން 2 މުސްލިމަކަށް ވަޅިން ހަމަލާދީފި - އެކަކުގެ ހާލު ސީރިއަސް!

ހިންދޫ ކަލާނގެއަށް ސަނާ ނުކިޔުމުން 2 މުސްލިމަކަށް ވަޅިން ހަމަލާދީފި ކަމަށާއި އެކަކުގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިއްޖެއެވެ. 

ޚަބަރުތައް ބުނާ ގޮތުން ދެމީހުން މަގުމަތިން ދަނިކޮށް ހުއްޓުވާފައި ފުރަތަމަ ސުވާލުކުރީ އެމީހުންނަށް ކިޔާނަމަކީ ކޮބައިތޯއެވެ. ނަން ބުނުމުން އެންގީ ހިންދޫ ބޮޑުކަލާނގެއަށް ސަނާ ކިޔުމަށެވެ. ސަނާ ކިޔަން ދެކޮޅު ހެދުމުން ވަޅިނަ ހަމަލާދިނީއެވެ. އެކަކަށް ވަޅިން ހަމަލާދިނުމުގެ އިތުރުން ވަރަށް ބޮޑަށް އަނިޔާވެސް ކޮށްފައިވާތީ އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށް ޚަބަރުތައް ބުނެއެވެ. 

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމަށް ދައުވާ ކުރާ އިންޑިއާގެ ޖައިޕޫރުގައި ދިން މިހަލާ އާއި ގުޅިގެން ބައެއް ހިންދޫން ބުނެފައިވަނީ އެކަން ކުރަނީ އެމީހުންގެ ކަލާނގެ އަނގައިގެން ނޫން ކަމަށެވެ. އަދި އެކަން ކުރި މީހުންނަށް އަދަބު ދިނުމަށް ކަލާނގެގެ ކިބައިން އެދޭ ކަމަށެވެ. 

މުސްލިމަކު އެއްވެސް މީހަކަށް އެއްވެސް އަނިޔާއެއްކޮށްފިނަމަ އެމީހަކު ވަނީ ޓެރަރިސްޓަކަށެވެ. ހިންދޫންގެ ބައަކު މިފަދަ ކިތަންމެ ބޮޑު ޖަރީމާއެއް ހިންގި ނަމަވެސް އެކަން ވަނީ "މޮބުން" ކުރާ ކަމަކަށެވެ.

 

މިއަދު އޮންލައިން