ސެމްސަންގ ގެލެކްސީ ނޯޓް 10 އަދި ނޯޓް 10+ ގެ ޕްރީއޯޑަރ ކުރުމަށް އުރީދޫ މޯލްޑިވްސް އިން ފުރުޟަތު ހުޅުވާލައިފި.

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 7ސ
ސެމްސަންގ ގެލެކްސީ ނޯޓް 10 އަދި ނޯޓް 10+ ގެ ޕްރީއޯޑަރ ކުރުމަށް އުރީދޫ މޯލްޑިވްސް އިން ފުރުޟަތު ހުޅުވާލައިފި.

ސެމްސަންގުގެ އެންމެ ފަހުގެ ގެލެކްސީ ނޯޓް 10 ސީރީޒްގެ ސްމާޓްފޯނުތައް ޕްރީއޯޑަރ ކުރުމަށް ރާއްޖޭގައި ހުޅުވާލައި، އެއާއިއެކު ކަސްޓަމަރުންނަށް ފޯނު ބައްލަވައިގަތުން ފަސޭހަކޮށްދޭ ޚާއްޞަ ޕްލޭންތަކެއް އުރީދޫ އިން ތައާރަފްކޮށްފިއެވެ. މީގެ ތެރޭގައި މަހަކު އެންމެ  1,100 ރުފިޔާ ދައްކަވައިގެން، ފަހުގެ ސެމްސަންގ ގެލެކްސީ ނޯޓް ބައްލަވައިގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއްވެސް ހިމެނެއެވެ. 

އުރީދޫ މެދުވެރިކޮށް ސެމްސަންގ ގެލެކްސީ ނޯޓް 10 އަދި ނޯޓް 10+ ޕްރީއޯޑަރ ކުރައްވާ ކަސްޓަމަރުންނަށް ޚާއްޞަ އިނާޔަތެއްގޮތުގައި 50% ޑިސްކައުންޓް އާއި އެކު ސެމްސަންގ ގެލެކްސީ ވޮޗް އެކްޓިވް ބައްލަވައިގަތުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

 

ފުލް ޕޭމަންޓް ޕްލޭން

މި ޕްލޭން މެދުވެރިކޮށް އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް އެންމެ ރަނގަޅު އަގުގައި ފޯނުތައް ބައްލަވައިގަނެވޭއިރު، މި ޕެކޭޖްގެ ދަށުން، އެއް އަހަރުގެ މުއްދަތަށް، މަހަކު 1 ޖީބީ ޑޭޓާ ހިލޭ ލިބިގެންދާނެއެވެ.

 

އަގު (ރފ.)

ކެޕޭސިޓީ

ހޭންޑްސެޓް

15,899

256 ޖީބީ

ސެމްސަންގ ގެލެކްސީ ނޯޓް 10

18,399

256 ޖީބީ

ސެމްސަންގ ގެލެކްސީ ނޯޓް 10+

 

މަހުންމަހަށް ފައިސާދައްކާ ޕްލޭން.

މަހަކު އެންމެ 1,100 ރުފިޔާ ދައްކަވައިގެން، އުރީދޫ ކަސްޓަމަރުންނަށް އެންމެ ފަހުގެ ސެމްސަންގް ގެލެކްސީ ނޯޓް ފޯންތައް ބައްލަވައިގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއްވެސް ވަނީ ފަށާފައެވެ. އެންމެ 2,999 ރުފިޔާގެ ޑައުންޕޭމަންޓް އަކާއި އެކު، ޕޯސްޓްޕެއިޑް 200 ނުވަތަ އެއަށްވުރެ މަތީގެ ޕްލޭން އަކާއި އެކު ކަސްޓަމަރުންނަށް އިންސްޓޯލްމަންޓަށް ފޯނު ނެގޭނެއެވެ.

އަގު (ރފ.)

ޑައުންޕޭމަންޓް(ރ.)

ކެޕޭސިޓީ

ހޭންޑްސެޓް

1,100

2,999

256 ޖީބީ

ސެމްސަންގ ގެލެކްސީ ނޯޓް 10

1,316.67

2,999

256 ޖީބީ

ސެމްސަންގ ގެލެކްސީ ނޯޓް 10+

 

ފުލް ޕޭމަންޓް ޕްލޭން އާއި އެއްފަދައިން، މި ޕްލޭން ޚިޔާރުކުރައްވާ ބޭފުޅުންނަށްވެސް، އެއް އަހަރުގެ މުއްދަތަށް، މަހަކު 1 ޖީބީ ޑޭޓާ ހިލޭ ލިބިގެންދާނެއެވެ.

މި އޮފަރތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، ނުވަތަ ޕްރީ-އޯޑަރ ކުރެއްވުމަށް، http://ore.do/note10  އަށް ޒިޔާރަތްކުރެއްވުމަށް އުރީދޫ އިން ވަނީ އެދިފައެވެ.

 

މިއަދު އޮންލައިން