ހިޔާގައި ކުދިންތަކަކަށް އަނިޔާ ކުރިކަމަށް ބުނާ މައްސަލަތަކަކީ ކުރީގެ ސަރުކާރުގައި ހިނގާފައިވާ ކަމެއް: ޖެންޑާ މިނިސްޓްރީ

ކިޔުމަށް ހޭދަވާނީ 59ސ
ހިޔާގައި ކުދިންތަކަކަށް އަނިޔާ ކުރިކަމަށް ބުނާ މައްސަލަތަކަކީ ކުރީގެ ސަރުކާރުގައި ހިނގާފައިވާ ކަމެއް: ޖެންޑާ މިނިސްޓްރީ

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް އިހުމާލުވިކަމަށް ބުނެ އެންޓި ޓޯޗަރ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކަކީ ކުރީ ސަރުކާރުގައި ހިނގާފައިވާ ކަންތައްތަކެއްކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

 

ޖެންޑަރ މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 22 ކުއްޖަކަށް އަނިޔާކޮށްފައިވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ އެންޓި ޓޯޗަރ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލައާއި ގުޅިގެން ބައެއް ފަރާތްތަކުން ޚަބަރު ފަތުރަމުންދަނީ ހަޤީޤަތް އޮޅޭ ގޮތަށްކަމަށެވެ. އެގޮތުން، އެއީ މި ސަރުކާރުގައި ހިނގާފައިވާ ކަންތައްތަކެއް ނޫންކަމަށާއި އަނިޔާގެ މި މައްސަލަތައް ދިމާވެފައިވަނީ ކުރީގެ ސަރުކާރުގައި ކަމަށް ވެސް ބުނެފައިވެއެވެ.

 

އެޗްއާރްސީއެމަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތެރޭގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ 1ވަނަ ދުވަހުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ 30ވަނަ ދުވަހާއި ހަމައަށް، ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ބައިތިއްބާފައިތިބޭ ތަންތަނުގައި އެ ކުދިންނަށް އަނިޔާކުރި މައްސަލަތަކެއް ހިމެނެއެވެ. 

 

އޭގެ ތެރޭގައި، ކުޑަކުދިންގެ ހިޔާގައި ކުދިންތަކަކަށް އަނިޔާކުރިކަމަށް ބުނެ ހުށަހެޅުނު 22 މައްސަލައެއް ހިމެނޭކަމަށް އެޗްއާރްސީއެމްގެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.

މިއަދު އޮންލައިން