އިންޑިއާގެ ކުރީގެ ފިނޭންސް މިނިސްޓަރ އަރުން ޖެއިޓްލީ، ނިއުދިއްލާގައި ހުންނަ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސެސް (އޭއައިއައިއެމްއެސް) ގައި މަރުވެއްޖެއެވެ.
އޭނާ މަރުވިއިރު އުމުރަކީ 66 އަހަރެވެ. އިންޑިއާގައި މިހާރު ވެރިކަން ކުރަމުންދާ ނަރެންދްރަ މޯދީގެ ބީޖޭޕީ ސަރުކާރުގައި ވެސް އިސްކޮށް ހަރަކާތްތެރިވި އަރުންގެ ސިއްޙީ ހާލަތު ދަށަށް ގޮސްގެން، އޭއައިއައިއެމްއެސް އަށް ގެންގޮސްފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. ހޮސްޕިޓަލަށް ގެންދިޔައީ ނޭވާހާސްވުމާއި ވަރުބަލިކަން އިޙުސާސްވަމުންދާތީ ކަމަށާއި އޭއައިއައިއެމްއެސް ގެ ކާޑިއޯ-ނިއުރޯ-ސެންޓަރުގެ އޮބްޒަވޭޝަންގައި ބޭއްވި ކަމަށް އިންޑިއާގެ ބައެއް ރިޕޯޓުތަކުން ހާމަވެފައިވެއެވެ.
އަރުން ޖޭޓްލީގެ ޖަނާޒާ މާދަމާ މެންދުރު ނިއުދިއްލީގެ ނިގަމްބޯދް ގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އޭނާގެ މަރުގެ ޚަބަރު އިވުމުން މޯދީ ބުނެފައިވަނީ، ވަކިވެގެން އެދިޔައީ އޭނާގެ ގާތް އެކުވެރިއެއް ކަމަށެވެ.
އަރުން އަކީ "ސްކޮލާ މާސްޓަރ" ގެ ލަގަބު އިންޑިއާގެ މީހުން ދީފައިވާ މީހެކެވެ.