300 ދަރިވަރުންނާއެކު ދިރާގު ޕްރީ ސްކޫލު ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ.
ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތަކީ 9 ވަނަ މުބާރާތެވެ.
2010 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތުގައި މާލެ ސަރަހައްދުގެ 17 ޕްރީ ސްކޫލުން މިއަހަރު ވަނީ ބައިވެރިވެފައެވެ.

އަހުމަދިއްޔާ ޕްރީ ސްކޫލުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގައި މިއަހަރު ބައިވެރިވެފައިވަނީ ކެންގަރޫ ކިޑްސް ޕްރީ ސްކޫލާއި މުހިއްދީން ސްކޫލާއި ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލާއި ގަލޮޅު މަދަރުސާ އާއި އަހުމަދިއްޔާ ސްކޫލާއި މާފަންނު މަދަރުސާ އާއި ލިޓްލް ޖެމްސް ޕްރީ ސްކޫލާއި ދޮންދޫނި ޕްރީ ސްކޫލުން ވަނީ ބައިވެރިވެފައެވެ.
ހުނަރުވެރި ކުޅުންތެރިން ފެނިގެންދާ މި މުބާރާތުގައި ބައިވެރިވާ ޕްރީ ސްކޫލުތައް އެއްއަހަރުން އަނެއް އަހަރަށް އަންނަނީ އިތުރުވަމުންނެވެ.