އިންޓަރ ރިސޯޓު ވޮލީ މުބާރާތުގައި ބައިވެރިވުން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
އިންޓަރ ރިސޯޓު ވޮލީ މުބާރާތުގައި ބައިވެރިވުން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފި

އިންޓަރ ރިސޯޓު ވޮލީ މުބާރާތުގައި ބައިވެރިވުން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފިއެވެ.

ވޮލީ ބޯލް އެސޯސިއޭޝަނުން ބުނީ 20 ވަނަ އާލާ އިންޓަރ ރިސޯޓް ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކަމަށެވެ.

މިއަހަރުގެ މުބާރާތްވެސް ކުރިއަށްގެންދާނީ ޒޯން ތަކަކަށް ބަހާލައިގެން ކަމަށާއި މުބާރާތުގައި ބައިވެރިވާ ރިސޯޓްތަކުން ޓީމް ލިސްޓު ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 8 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކަމަށްވެސް އެ އެސޯސިއޭޝަނުން ބުނެއެވެ.

މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި ޓީމް ލިސްޓު ހުށަހަޅާ ފޯމާއި މުބާރާތުގެ ގަވާއިދު އެއެސޯސިއޭޝަނުން މިހާރު އަންނަނީ ދޫކުރަމުންނެވެ. އަދި ފޯމާއި ޓީމް ލިސްޓް ހުށަހަޅަން ޖެހޭނީ ވޮލީބޯލް އެސޯސިއޭޝަނަށް ކަމަށާއި މުބާރާތާ ބެހޭ އިތުރު މައުލުމާތު[email protected] އަށް މޭލް ކުރުމުން ލިބޭނެ ކަމަށްވެސް ވޮލީ އެސޯސިއޭޝަނުން ބުނެއެވެ. 

މިއަދު އޮންލައިން