ދިރާގު ޕްރީ ސްކޫލް ފުޓްބޯލް ފެސްޓިވަލުގެ ޗެމަޕިއަންކަން ދޮންދޫނި ލިޓްސް ލަރނާރސްއިން ހޯދައިފި

ކިޔުމަށް ހޭދަވާނީ 47ސ
ދިރާގު ޕްރީ ސްކޫލް ފުޓްބޯލް ފެސްޓިވަލުގެ ޗެމަޕިއަންކަން ދޮންދޫނި ލިޓްސް ލަރނާރސްއިން ހޯދައިފި

ދިރާގު ޕްރީ ސްކޫލް ފުޓްބޯލް ފެސްޓިވަލުގެ ޗެމަޕިއަންކަން ދޮންދޫނި ލިޓްސް ލަރނާރސްއިން ހޯދައިފިއެވެ.

ހެންވޭރު ދަނޑުގައި ކުރިއަށްދިޔަ މި ފެސްޓިވަލުގެ ޗެމްޕިއަންކަން މަދަރުސަތުލް އަމީރު އަހުމަދާއި ވާދަކޮށް ދޮންދޫނި ލިޓްސް ލަރނާރސް ހޯދީ 0-1 ލަނޑުންނެވެ.

މިއީ ދިރާގާއި އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް ގުޅިގެން ޕްރީ ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ފެސްޓިވަލެކެވެ.

މިއަހަރުގެ ފެސްޓިވަލް ބާއްވާފައިވަނީ މި މަހުގެ 23 އަދި 24 ގައެވެ.

ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވީ ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމެވެ.

އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން އިންތިޒާމުކުރާ މި މުބާރާތް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2010 ވަނަ އަހަރުއެވެ.

މިއަހަރުގެ ފެސްޓިވަލްގައި މާލެ، ހުޅުމާލެ އަދި ވިލިނގިލީގެ 17 ސްކޫލަކުން ވަނީ ވާދަކޮށްފައެވެ.

މިއަދު އޮންލައިން