އެމްއެމްއޭގެ ގަވަރުނަރު ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އަލީ ހާޝިމް އައްޔަންކުރަނީ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 32ސ
އެމްއެމްއޭގެ ގަވަރުނަރު ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އަލީ ހާޝިމް އައްޔަންކުރަނީ!

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އަލީ ހާޝިމް އައްޔަންކުރުމަށް އެމަނިކުފާނުގެ ނަން މަޖިލީހަށް ފޮނުވައިފި އެވެ.

މިކަމާގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެމްއެމްއޭގެ ގަވަރުނަރު ކަމަށް އައްޔަން ކުރެއްވުމަށް ހާޝިމްގެ ނަން މަޖިލީހަށް ފޮނުއްވާފައިވާ ކަމަށެވެ.

ހާޝިމަކީ ރައީސް ނަޝިދުގެ ވެރިކަމުގައި 2008 އިން 2010 އަށް ފިނޭންސް މިނިސްޓަރުގެ މަޤާމް އަދާކުރެއްވި ބޭފުޅެކެވެ.

 

މިއަދު އޮންލައިން