ފަލަސްޠީނުގެ ޒުވާނެއް ކަމަށްވާ މުޙައްމަދު ނަޝާޝް، ހައްދުފަހަނައަޅާފައިވާ ޔަހޫދީންގެ ޖަލުން 15 އަހަރަށްފަހު މިނިވަންވެއްޖެ އެވެ. އޭނާ އާއި އޭނާގެ މަންމަ ބައްދަލުވި ވަގުތަކީ އަސަރުން ފުރިގެންދިއަ ވަގުތުކޮޅެކެވެ.
މުޙައްމަދު ނަޝާޝް ފަދަ ފަލަސްޠީނުގެ އެތައް ސަތޭކަ ޒުވާނުންނާއި ތަފާތު އުމުރުގެ ކުޑަކުދިން ހައްދު ފަހަނައަޅާފައިވާ ޔަހޫދީންގެ ޖަލުތަކުގައި ގެންދަނީ އެތައް އަހަރުތަކެއް ހޭދަކުރަމުންނެވެ. 15 އަހަރުގެ ޖަލު ޙުކުމަކަށްފަހު މުޙައްމަދު ނަޝާޝް މިނިވަންވީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ.