ދުނިޔޭގަ ބާއްވާ ހުރިހާ ފޯރަމްތަކެއްގަ ކަޝްމީރު މައްސަލައިގެ އަޑު އުފުލާނަން: އިމްރާން ޚާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ދުނިޔޭގަ ބާއްވާ ހުރިހާ ފޯރަމްތަކެއްގަ ކަޝްމީރު މައްސަލައިގެ އަޑު އުފުލާނަން: އިމްރާން ޚާން

ދުނިޔޭގެ ކޮންމެ ތަނެއްގައި ބައްދަލުވުމެއް ބޭއްވި ނަމަވެސް އެ ބައްދަލުވުމެއްގައި ކަޝްމީރު މައްސަލައިގެ އަޑު އުފުއްލަވާނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ. 

އިމްރާން ޚާން ވިދާޅުވީ އިންޑިއާއިން ކަޗްމީރުގައި ދެމުން ގެންދާ ހަމަލާތަކަކީ ފައުޅުކަން ބޮޑު ގޮތެއްގައި ހިންގަމުން ގެންދާ ޖަރީމާ ތަކެއް ކަމަށާއި އެކަން ދުނިޔެ ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. 

ޕާކިސްތާނުގައި އިއްޔެ ވަނީ "ކަޝްމީރާއެކު އެއްގަޑިއިރު"ގެ ނަމުގައި ޕާކިސްތާނުގެ ހުރިހާ ސްތޭޓެއްގައި ވަގުތުކޮޅެއް ހޭދަކޮށްފައެވެ. މަގުތަކުގައި މިގޮތުން ބޭއްވި އެއްވުންތަކުގައި އެތައް ހާސް ބައަކު ވަނީ ބައިވެރިވެފައެވެ.

މި އެއްވުމުގައި އާމިރު ކާން ވިދާޅުވީ މިފަދަ އެއްވުންތަކެއް ބޭއްވުމުގެ ބޭނުމަކީ ކަޝްމީރުގެ ރައްޔިތުންގެ ކިބައިން އިންޑިއާ ސަރުކާރުން ނިގުޅައިގެންފައިވާ ޙައްޤުތައް އަނބުރައި ރުޖޫޢަ ކުރެވެންދެން ޕާކިސްތާން، ކަޝްމީރާއިއެކު ދެމިއޮންނާނެކަން ހާމަކުރުން ކަމަށެވެ.

 

މިއަދު އޮންލައިން