އިންޑިއާ ސިފައިން ކަޝްމީރުގެ ގޭގެއަށްވަދެ ތަޅައި އަނިޔާކޮށް ކަރަންޓް ޝޮކް ދޭ ކަމުގެ މައްސަލަތަކެއް ފެންމަތިވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
އިންޑިއާ ސިފައިން ކަޝްމީރުގެ ގޭގެއަށްވަދެ ތަޅައި އަނިޔާކޮށް ކަރަންޓް ޝޮކް ދޭ ކަމުގެ މައްސަލަތަކެއް ފެންމަތިވެއްޖެ!

އިންޑިއާ ސިފައިން ކަޝްމީރުގެ ގޭގެއަށްވަދެ ތަޅައި އަނިޔާކޮށް ކަރަންޓް ޝޮކް ދޭ ކަމުގެ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ. 

ކަޝްމީރުގެ އަވަށަކަށް ބީބީސީގެ ނޫސްވެރިން ދިއުމުން ރައްޔިތުން ވަނީ އެމީހުންނަށް ސިފައިން ކުރާ އަނިޔާތައް ކަމަށް ބުނެ ޒަޚަމްތަކާއި ލަކުނުތައްވެސް ދައްކައިފައެވެ. އެމީހުން ބުނެފައިވަނީ އާޓިކަލް 370 އުވާލިކަން އިއުލާނުކުރުމުގެ ކުރިންވެސް ސިފައިން ގޭގެއަށް ވަދެ ލަޓިބުރިތަކުން ތަޅައި ކަރަންޓް ޝޮކް ދީ އަނިޔާކޮށްފައިވާ ކަމަށެވެ. 

ބީބީސީގެ ނޫސްވެރިން ހޮސްޕިޓަލްތަކަށް ގޮސް ޑޮކްޓަރުންނާއި ސުވާލުކުރުމުން ޑޮކްޓަރުން ބުނެފައިވަނީ އެއްވެސް މައުލޫމާތެއް ދޭން ބިރުގަންނަ ކަމަށެވެ.  

އިންޑިއާއިން ގެންދަނީ މިފަދަ ވާހަކަތައް ދޮގުކުރަމުންނެވެ. ފުރުޞަތު ލިބޭ ވަރަކުން އިންޑިއާ ސިފައިން ކުރާ އަނިޔާތައް ސޯޝަލް މީޑިއާގައި ގެންދަނީ ލައިވްކުރަމުންނެވެ. ނަމަވެސް އިންޓަރނެޓް ލިބުމަށް ސަރުކާރުން ހުރަސް އަޅާތީ މައުލޫމާތު ޢާންމުކުރަން މިހާރު ވަނީ ދަތިތައް ކުރިމަތިވެފައެވެ. 

މިއަދު އޮންލައިން