ހިތަދޫ ކޯޒްވޭ މަތިން ސައިކަލެއްގައި ދަނިކޮށް ވެއްޓުނުމީހާ އިތުރު ފަރުވާއަށް މާލެ ގެންނަނީ!

ކިޔުމަށް ހޭދަވާނީ 42ސ
ހިތަދޫ ކޯޒްވޭ މަތިން ސައިކަލެއްގައި ދަނިކޮށް ވެއްޓުނުމީހާ އިތުރު ފަރުވާއަށް މާލެ ގެންނަނީ!

އައްޑޫސިޓީ ހިތަދޫ ޕޯޓު ސަރަހައްދުގެ ކޯޒްވޭ މަތިން ސައިކަލެއްގައި ދުއްވާފައި ދަނިކޮށް މޫދާ ދިމާލަށް ހިލަތަކުގެ މައްޗަށް ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

 

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ މި ހާދިސާގައި އެ މީހާގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ވެފައިވާކަމަށެެވެ. އަނިޔާވި މީހާގެ ހާލު ސީރިއަށް ކަމަށާ އޭނާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަކުގެ އައިސީޔޫގައި ފަރުވާދެމުންދާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެެވ.

 

މިއަދު ހެނދުނު ހިނގި މިހާދިސާގައި އަނިޔާވެފައިވަނީ 47 އަހަރުގެ ފިރިހެނަކަށް ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ. އެ މީހާ ކޯޒްވޭ މަތިން ވެއްޓުނުކަމުގެ ރިޕޯޓު ލިބިފައިވަނީ ހެނދުނު 8:01ހާއިރު ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ.

 

މި ހާދިސާ ހިނގާފައިވަނީ ހިތަދޫ ޕޯޓު ސަރަހައްދަށް ވަނުމަށް އޮންނަ ކޯޒްވޭއި މަތިން އެމީހާ ސައިކަލުގައި ދަނިކޮށެވެ.

މިއަދު އޮންލައިން