ދުވާ ޓްރެކް ސަރަހައްދު ކައިރީގައި ކުރިންހުރި ކުނިގޮނޑުގައި އަޅާފައި އޮތް ޓަރފް ދަނޑުގައި ސްވިމިންގ ޕޫލް އަޅަނީ

ކިޔުމަށް ހޭދަވާނީ 1މ 17ސ
ދުވާ ޓްރެކް ސަރަހައްދު ކައިރީގައި ކުރިންހުރި ކުނިގޮނޑުގައި އަޅާފައި އޮތް ޓަރފް ދަނޑުގައި ސްވިމިންގ ޕޫލް އަޅަނީ

ދުވާ ޓްރެކް ސަރަހައްދު ކައިރީގައި ކުރިންހުރި ކުނިގޮނޑުގައި އަޅާފައި އޮތް ޓަރފް ދަނޑުގައި ސްވިމިންގ ޕޫލް އަޅަން ނިންމާ އެބިން ސާފުކުރަން ފަށައިފިއެވެ. އަދި އޮލިމްޕިކް ސައިޒުގެ ސްވިމިންގ ޕޫލު އެޅުމަށް ނިންމާފައިވަނީ ދުވާ ޓްރެކް ސަރަހައްދު ކައިރީގައި ކުރިންހުރި ކުނިގޮނޑުގައި އަޅާފައި އޮތް ޓަރފް ދަނޑުގައި ކަމަށެވެ.

އެހެންނަމަވެސް ސްވިމިންގ ޕޫލް ކޮމްޕްލެކްސް އެޅުމަށް ހަވާލުކޮށްފައިވަނީ ކޮންބަޔަކާ ކަމެއް އަދި މިކަމަށް ހޭދަވާނީ ކިހާ ފައިސާއެއްކަމެއް ހާމަކޮށްފައެއް ނުވެއެވެ. އަދި އެފައިސާ ހޯދާނެގޮތެއްވެސް ހާމައެއް ނުކުރެއެވެ.

ހުސްވި ޖުލައިމަހުގެ 31 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައމިނިސްޓަރު މަޚްލޫފް ވިދާޅުވެފައިވަނީ ސްވިމިންގ އެސޯސިއޭޝަނާ ބައްދަލުކޮށް، ޕޫލުގެ ކުރެހުމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެކަމަށްބޭނުންވާ ފަންޑު ހޯދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބާއްވާއިރު، އެޕޫލަކީ މުބާރާތް ބޭއްވޭވަރުގެ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ ސްވިމިންގ ޕޫލަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން ޔޫތް މިނިސްޓަރ ވަނީ ދެއްވާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނިފައިވާ ކުޅިވަރާ ގުޅުން ހުރި ކަންކަމުގެ ތެރޭގައި ނުނިމި އޮތް ހަމައެކަނި ކަމަކީ އޮލިމްޕިކް ސައިޒުގެ ސްވިމިންގ ޕޫލް ކޮމްޕްލެކްސް އެޅުމެވެ.

 

 

މިއަދު އޮންލައިން