ކާރެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި އަންހެނަކު މަގުމަތިން ހިފެހެއްޓުމުން ހިފެހެއްޓި ފުލުހުންގެ ކުރިމަތީގައި ފުލުހުންގެ ކާރު "ވަގަށް ނަގައިފި"އެވެ.
ހަބަރުގައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި ފުލުހުން އަންހެން މީހާ ހުއްޓުވައި ސުވާލުކުރުމަށްފަހު ފުލުހުންގެ ކާރަށް އަރުވައެވެ. އަދި 3 ފުލުހުން މަޝްވަރާކޮށްލަން މަޑުކޮށްލި ވަގުތު އަނހެން މީހާ ކާރުގައި ފިލައެވެ. ފުލުހުންނަށް އޭނާ އަތުލައިގަނެވުނީ ދެވުނު ހިސާބަށް ދިއުމަށްފަހު ކާރު ޕާކުކޮށް ކާރުން ފޭބުމުންނެވެ.
"ކަލޭމެން އަހަރެން ހައްޔަރުކޮށް ޖަލަށް ގެންދަން އުޅުނީ އެ ކާރު ވަގަށް ނުނަގަމޭ ބުނީމަ ޤަބޫލުނުކޮށް."
"ބަލަ މިހާރު އަހަރެމެންގެ ކާރު ތިއަ ވަގަށް ނެތީ 3 ޕޮލިސް އޮފިސަރުންގެ ކުރިމަތީގަނު"
"ބަލަ ކަލޭމެން އަހަރެން ފުރަތަމަ ޖަލަށް ގެންދަން އުޅުނީ ނުކުރާ ކުށެއްގަ. މިހާރު ޖަލަށް ތިގެންދަނީ ކުރި ކުށަކަށް." ކަމަށް އަންހެން މީހާ ބުނެފައިވެއެވެ.