ލަންކާގައި ބޭއްވި ކޫލް ޓެނިސް މުބާރާތުގައި ރާއްޖޭގެ ތިން ކުޅުންތެރިން ރަން ވަނަތަކެއް ހޯދައިފި

ކިޔުމަށް ހޭދަވާނީ 57ސ
ލަންކާގައި ބޭއްވި ކޫލް ޓެނިސް މުބާރާތުގައި ރާއްޖޭގެ ތިން ކުޅުންތެރިން ރަން ވަނަތަކެއް ހޯދައިފި

 

ލަންކާގައި ބޭއްވި ކޫލް ޓެނިސް މުބާރާތުގައި ރާއްޖޭގެ ތިން ކުޅުންތެރިން ރަން ވަނަތަކެއް ހޯދައިފިއެވެ.

ސްރީލަންކާ ޓެނިސް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ވާދަކުރި ރާއްޖޭގެ ތިން ކުޅުންތެރިންކަމަށްވާ އިމާނީ މޫސާ ކަލީމާއި ނަބާ ނިޝާން އަދި ކަރިން ސައިޒަން ވަނީ އެކުޅުންތެރިން ވާދަކުރި ގިންތީގެ ޗެމްޕިއަންކަން ހޯދާފައެވެ.

އެގޮތުން 10 އަހަރުން ދަށުގެ ގްރީން ބޯލް ލެވެލް 1 ކެޓަގަރީގެ ސިންގަލްސް އިން އިމާނީ ޗެމްޕިއަންކަން ހޯދި އިރު، 10 އަހަރުން ދަށުގެ ޕްރޯ ލެވެލް ކެޓަގަރީގެ ސިންގަލްސްގައި ނަބާ ވަނީ ޗެމްޕިއަންކަން ހޯދާފައެވެ. އަދި 8 އަހަރުން ދަށުގެ އޮރެންޖު ބޯލް ޕްރޯ ލެވެލް ކެޓަގަރީގައި ވާދަކުރި ސައިޒަން ވަނީ މިބައިގެ ސިންގަލްސް ޗެމްޕިއަންކަން ހޯދާފައެވެ.

މީގެ އިތުރުން 10 އަހަރުން ދަށުގެ ޕްރޯ ލެވެލްގެ ޑަބަލްސް ބައިގައި ރާއްޖޭގެ ނަބާ އާއި އިޝާނީގެ ޕެއާރ ވަނީ ޗެމްޕިއަންކަން ހޯދާފައެވެ.

މި މުބާރާތް ބާއްވާފައިވަނީ 30 އޯގަސްޓް އިން 1 ސެޕްޓެމްބަރުގެ ނިޔަލަށެވެ.

 

މިއަދު އޮންލައިން