ފޭދޫ އިއްބެގެ ގޯލުން ރާއްޖޭގެ ފެށުން ރަނގަޅުކޮސްފި

ކިޔުމަށް ހޭދަވާނީ 32ސ
ފޭދޫ އިއްބެގެ ގޯލުން ރާއްޖޭގެ ފެށުން ރަނގަޅުކޮސްފި

ވަރލްޑް ކަޕް ކޮލިފައިންގައި ދިވެހިރާއްޖެއާއި ގުއާމް ބައްދަލުކުރި މެޗު ރާއްޖެއިން ކާމިޔާބުކޮށްފިއެވެ.

ތާރީޚުގައިވެސް ގުއާމް އާދެކޮޅަށް ކުޅުނު މި މެޗު ރާއްޖެއިން ކާމިޔާބުނީ 0-1 ލަނޑުންނެވެ.

މިއަދުގެ މެޗުގައި ރާއްޖެއިން ވަނީ ރަނގަޅު ކުޅުމެއްދައްކާ ގުއާމްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ.

ރާއްޖެއިން ގޯލު ޖެހުމާއެކު ގުއާމުން ވަނީ ކުޅުން ވަރުގަދަކޮށް ރާއްޖޭގެ ޑިފެންސްލައިނަށް ބާރުބޯޑުކޮށްފައެވެ. ނަމަވެސް ނަތީޖާއަކަށް ބަދަލެއް ނުގެނެވުނެވެ.

ވަރލްޑް ކަޕް ކޮލިފައިންގެ ދެވަނަ މެޗުގައި ރާއްޖެ ބައްދަލުކުރާނީ ޗައިނާއާ ބައްދަލުކުރާ މެޗު އޮންނާނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

މިއަދު އޮންލައިން