ގޮއިދޫ ކައުންސިލު ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ވޮލްވްސް ސްޕޯޓް ކްލަބް ހޯދައިފި

ކިޔުމަށް ހޭދަވާނީ 1މ 14ސ
ގޮއިދޫ ކައުންސިލު ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ވޮލްވްސް ސްޕޯޓް ކްލަބް ހޯދައިފި

 

ބ. ގޮއިދޫގައި ބޭއްވި ބ. ގޮއިދޫ ކައުންސިލު ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން އެރަށު ވޮލްވްސް ސްޕޯޓް ކްލަބް ހޯދައިފިއެވެ.

އެޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލު މެޗުގައި ފެހެންދޫ ޗެލެންޖަރސް ސްޕޯޓްސް ކުލަބާއި ވާދަކޮށް ޕެނަލްޓީ ޖަހައިގެން 3 ލަނޑު 1 ލަނޑުންނެވެ.

ގޮއިދޫ ފުޓްސަލް ދަނޑުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފައެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ވޮލްވްސްގެ ގޯލް ކީޕަރު ޝިރުހާން އަލީ ހޮވުނު އިރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ ފުޅަދޫ ސްޕޯޓްސް ކްލަބްގެ އިބްރާހިމް ރިފާޒެވެ. އަދި އެންމެ އުއްމީދީ ކުޅުންތެރިއަކީ ބީއެފް ޔުނައިޓެޑްގެ އަހްމަދު ތަހުސީން އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިންނަށް ހޮވުނީ ޗެލެންޖަރސްގެ މުހައްމަދު ރީޙާން އާއި އިބްރާހިމް އަސްވަދު އާއި ވޮލްވްސްގެ ޝިރުޙާން އަލީ އާއި އިރުފާން މުޙައްމަދު އަދި  އިބްރާހިމް ނާފިޒެވެ.

ގޮއިދޫއާ އެއްފަޅެއްގައި އޮންނަ ތިންރަށް ކަމަށްވާ ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫއަށް ހުޅުވާލައިގެން ގޮއިދޫ ކައުންސިލު ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާ އިރު، ރަނަރއަޕް ޓީމަށް 5000 ރުފިޔާ ވަނީ ދީފައެވެ.

މި މުބާރާތުގައި މިއަހަރު ވަނީ 6 ޓީމު ވާދަކޮށްފައެވެ.

މިއަދު އޮންލައިން