ދިވެހި ޤައުމީ ޓީމު މިރޭ މާލެ އަންނަނީ

ކިޔުމަށް ހޭދަވާނީ 58ސ
ދިވެހި ޤައުމީ ޓީމު މިރޭ މާލެ އަންނަނީ

ވަރލްޑް ކަޕް ކޮލިފިކޭޝަންގައި ގުއާމްއާ ދެކޮޅަށް ކުޅުނު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމު މިރޭ މާލެ އަންނާނެ ކަމަށާއި އެޓީމު މާލެ އައިސް ކޭމްޕް ކުރާނީ ހޮޓެލް ޖެންގައި ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

ޤައުމީ ޓީމުގެ މެނޭޖަރާއި ހަވާލާދީ މިސްމީޑިއާގައި ބުނެފައިވަނީ ކުޅުންތެރިންގެ ޢާއިލާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލަން ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށާއި ނަމަވެސް ކޭމްޕު ކުރާނީ ހޮޓެލް ޖެންގައި ކަމަށެވެ.

އަންނަ އަންގާރަ ދުވަހު ޗައިނާ އާ ދެކޮޅަށް ކުޅޭ މެޗު ނިމެންދެން ޖެންގައި ޓީމުގެ ކޭމްޕް ކުރަން ނިންމާފައިވާ ކަމަށާއި ގުއާމް މެޗުގައި ބައިވެރި ނުވެވުނު އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި ހުސައިން ނިހާން (ނިޙާޓް) އަދި ހުސައިން ޝަރީފްވެސް ޖެންގައި ކުރާ ކޭމްޕްގެ ތެރެއިން ޤައުމީ ޓީމާ ގުޅޭނެކަމަށްވެސް ވަނީ ބުނެފައެވެ.

ގުއާމް އާ ދެކޮޅަށް ކުޅުނު މެޗު އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) ގެ ލަނޑުން ރާއްޖެ ކާމިޔާބުކުރި އިރު، ރާއްޖޭ ޓީމުން އެދުވަހު ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.

ޗައިނާ އާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންގާރަ ދުވަހުގެ ރޭގަނޑުއެވެ.

މިއަދު އޮންލައިން