ފީބާ ތްރީ އޮން ތްރީ ބާސްކެޓް މުބާރާތުގެ އޭޝިއާ މުބާރާތް ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ 3ސ
ފީބާ ތްރީ އޮން ތްރީ ބާސްކެޓް މުބާރާތުގެ އޭޝިއާ މުބާރާތް ފަށައިފި

ފީބާ ތްރީ އޮން ތްރީ ބާސްކެޓް މުބާރާތުގެ އޭޝިއާ މުބާރާތް ފަށައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ ބޭރުގައި އޮންނަ ކުޑަކުދިންގެ ޕާކުގައި ކުރިއަށްދާ މި މުބާރާތުގައި އޭޝިއާގެ 15 ގައުމަކުން 28 ޓީމެއް ވާދަކުރެއެވެ.

މި މުބާރާތުގައި ކޮންމެ ގައުމަކުން އަންހެން އަދި ފިރިހެން ޓީމެއް ވާދަކުރާއިރު، ހޯސްޓްގެ ހައިސިއްޔަތުން ރާއްޖޭން އަންހެން ދެ ޓީމާއި ފިރިހެން ދެ ޓީމު ވަނީ ބައިވެރިވެފައެވެ.

މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމުތަކަށް ނަން ދީފައިވަނީ މާލޭގެ އަވަށްތަކަށް ނިސްބަތްކޮށްގެންނެވެ. އެގޮތުން މާފަންނުގެ ނަމުގައި ކުޅޭ އަންހެން ޓީމުގައި ހިމެނެނީ އައިމިނަތު އިޝްރާއު، އައިމިނަތު ޝިއުރާ، ފާތިމަތު ރިޝްމާ އަދި ޝައިލާން އަފްޒަލެވެ. ހެންވޭރު ޓީމުގައި ހިމެނެނީ ރާއިފާ އިބްރާހިމް، އައިޝަތު ޒަނާ ޖިނާހު، ހައުމާ އުބައިދުﷲ އަދި މަރިޔަމް ޒައިނާ އެވެ.

ފިރިހެން ދެ ޓީމަކީ މައްޗަންގޯޅި އާއި ގަލޮޅެވެ. ގަލޮޅުގައި ހިމެނެނީ ހައިޝަމް ދާއުދު، އަލީ އަޝްހަމް، އަފްލާހު ޝަރީފް އަދި ހުސެއިން ހަލީމެވެ. އަދި މައްޗަންގޯޅި ޓީމުތައި ތިބީ އަހުމަދު އަފްސަން ރަޝާދު، އަހުމަދު ހުޝާމް، އަހުމަދު ނަޖީލް އަދި އަހުމަދު އަލީ މުސްތަފާއެވެ.

މި މުބާރާތް މާދަމާގެ ނިޔަލަށް ކުރިއަށްދާނެއެވެ.

މިއަދު އޮންލައިން