ދަގަނޑޭ ޤައުމީ ޓީމާ އަލުން ގުޅެނީ !!!

ކިޔުމަށް ހޭދަވާނީ 50ސ
ދަގަނޑޭ ޤައުމީ ޓީމާ އަލުން ގުޅެނީ  !!!

 

ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާޤް (ދަގަނޑޭ) ދިވެހި ޤައުމީ ފުޓްބޯޅަ ޓީމާ އަލުން ގުޅެންއުޅޭކަމުގެ ޢިޝާރާތެއް ލިބިއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖެ އާއި ޗައިނާ އަންގާރަ ދުވަހު މާލޭ ގައި ކުޅޭ މެޗަށް އޭނާ ވަނީ ހިމަނާފައެވެ. އަދި ޤައުމީ ޓީމު ކޭމްޕުކޮށްގެން ތިބި ހޮޓެލް ޖެންގައި ދަގަނޑޭވެސް ވަނީ ކޭމްޕުކޮށްފައެވެ.

ވަރލްޑް ކަޕް ކޮލިފައިންގައި ޗައިނާ އާއި ދެކޮޅަށް ކުޅެން ނެގި ރާއްޖޭގެ 25 ކުޅުންތެރިންގެ ސްކޮޑްގައި ދަގަނޑޭ ހިމަނާފައިވާ އިރު، ފަރިތަކުރުންތައް މާދަމާ ފަށާނެއެވެ. އަދި ފަރިތަކުރުންތަކުގައި ދަގަނޑޭ ބައިވެރިވާނެއެވެ.

މިދިޔަ އަހަރު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސަށް ހާޒިރުނުވުމުން ޤައުމީ ޓީމުގެ ކޯޗު ޕީޓަރ ސެގާރޓް ނިންމީ ދަގަނޑޭއަށް ޓީމުން ފުރުޞަތު ނުދޭށެވެ. އަދި ފަހުން ބުނެފައިވަނީ ފުރުޞަތު ނުދޭން ނިންމީ އުމުރުން ދުވަސްވެފައި ހުރުމުން ކަމަށެވެ.

 

މިއަދު އޮންލައިން