ދިރާގު ދެވަނަ އޯޕަން ޓެނިސް މުބާރާތް ފަށައިފި

ކިޔުމަށް ހޭދަވާނީ 50ސ
ދިރާގު ދެވަނަ އޯޕަން ޓެނިސް މުބާރާތް ފަށައިފި

 

ދިރާގު ދެވަނަ އޯޕަން ޓެނިސް މުބާރާތް ފަށައިފިއެވެ.

ޤައުމީ ޓެނިސް ސެންޓަރުގައި ކުރިއަށްދާ މި މުބާރާތުގައި މިއަހަރުގެ މުބާރާތުގައި އެކި ކެޓަގަރީތަކަށް ބަހާލައިގެން ރާއްޖޭގެ 94 ކުޅުންތެރިއަކު ބައިވެރިވާ އިރު، އަވަށްޓެރި ސްރީލަންކާއަށް ނިސްބަތްވާ 10 ކުޅުންތެރިންވެސް ބައިވެރިވެއެވެ.

ޓެނިސް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއަހަރުގެ މުބާރާތް ޝަރަފްވެރިކޮށްދެއްވީ ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. މި ރަސްމިއްޔާތުގައި ސްޕޯޓްސް ކޮމިޝަނަރު އަހްމަދު ސަލީމް (ބޮޑު ހީނާ) އާއި ޓެނިސް އެސޯސިއޭޝަނުގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިއީ ރާއްޖޭގައި ތިބި ޒުވާން ޓެނިސް ކުޅުންތެރިންގެ މެދުގައި ވާދަވެރިކަން އިތުރުކޮށް ޓެނިސް ކުޅުމުގެ ރޫހު އިތުރުކޮށް ބައިނަލްއަޤުވާމީ ކުޅުންތެރިންނާއެކު ކުޅުމުގެ ތަޖުރިބާ ކުޅުންތެރިންނަށް ހޯދައިދިނުމަށް ބާއްވަމުން އަންނަ މުބާރާތެކެވެ.

މިއަދު އޮންލައިން