އަންނަ އަންގާރަ ދުވަގުގެ ރޭ ރާއްޖެއާ ޗައިނާ ކުޅޭ މެޗުގެ ޓިކެޓުގަތުމަށް ދިގު ކިޔޫއެއް!

ކިޔުމަށް ހޭދަވާނީ 1މ 7ސ
އަންނަ އަންގާރަ ދުވަގުގެ ރޭ ރާއްޖެއާ ޗައިނާ ކުޅޭ މެޗުގެ ޓިކެޓުގަތުމަށް ދިގު ކިޔޫއެއް!

ވަރލްޑް ކަޕް ކޮލިފައިންގައި އަންނަ އަންގާރަ ދުވަގުގެ ރޭ ރާއްޖެއާ ޗައިނާ ކުޅޭ މެޗުގެ ޓިކެޓުގަތުމަށް ދިގު ކިޔޫއެއް ހަދައިފިއެވެ.

އެގޮތުން އޮލިމްޕަހާ ވީ ފަޅީގައި ހުންނަ ކައުންޓަރު ދޮށުގައި ގިނަ އަދަދަކަށް މީހުން ވަނީ ކިޔޫ ހަދާފައެވެ.

މި މެޗަށް ވިއްކުމަށް ނިންމާފައިވަނީ 3500 ޓިކެޓެވެ. އެއީ އުތުރު ފަރާތް (މަޖީދީ މަގު ފަޅި) ސިޑި ބަރި އާއި ހުޅަނގު ފަރާތް (ރޮސްޓަރަމް ފަޅި) އެވެ.

ޗައިނާ ޓީމުގެ ސަޕޯޓަރުންނަށްވެސް ޓިކެޓް ރިޒަރވްކުރަންޖެހޭތީ ދިވެހި ސަޕޯޓަރުންނަށް ވިއްކާނީ 2090 ޓިކެޓެވެ.

ދަނޑުގެ ދެކުނު ފަރާތް (ސަހަރާ ފަޅި) އަދި އިރުމަތީ ފަރާތުގެ (ބޮޑުގޭޓް ފަޅި) ސިޑިބަރި ބޭނުންކުރުން ސަލާމަތީ ގޮތުން އެކަށީގެންނުވާ ކަމަށް ސަރުކާރުން ނިންމާފައިވާތީ އެތަނުން ޓިކެޓް ނުވިއްކައެވެ.

މިހާރު ޓިކެޓް ވިކޭ ރޭޓަށް ބަލާއިރު މިރެޔާ ހަމަޔަށް ޓިކެޓް ވިކި ހުސްވާނެ އެވެ.

މިދުވަސްވަރަކީ ޗައިނާ ޓޫރިސްޓުން ރާއްޖެއަށް ގިނަ އަދަދަކަށް އަންނަ ދުވަސްވަރަކަށްވާތީއާ ގިނަ ޓްރެވަލް އެޖެންޓުން އަންނަނީ ޓިކެޓަށް އެދެމުންނެވެ.

2001 ވަނަ އަހަރު މާލޭގައި ކުޅެ ވަރލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އަތުން ޗައިނާ 1-0 އިން މޮޅުވި މެޗަށް އެ ޤައުމުން ސަތޭކައެއްހާ ސަޕޯޓަރުން އައި ނަމަވެސް މިހާރު ދެ ގައުމުގެ މެދުގައި ސީދާ ފްލައިޓްތަކެއް އޮތުމާ އެކު އެ ޢަދަދު އިތުރުވާނެކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން