"ހީތްވޭވް"ގެ ސަބަބުން އުތުރު އެމެރިކާގެ ބައެއް ސަރަހައްދުތަކުން ވަނީ ދާދިފަހުންވެސް ގިނަ އަދަދެއްގެ މަސްތައް މަރުވެގެން މައްޗަށް އަރައިފައެވެ. މީގެ ތެރޭގައި ދުނިޔެއިން މަދުވަމުން ދާތީ ނެތި ހުސްވެދާނެ ކަމުގެ ބިރު އުފެދިފައިވާ ބައެއް ބާވަތްތަކުގެ މަސްވެސް ހިމެނެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެ ސަރަހައްދުގެ ލޮނުގަނޑުގެ ހޫނުމިން ވަރަށް މަތީގައި 5 ދުވަސްވަންދެން ހުރުމުން ކަނޑުގެ އަޑިއަށްވެސް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެކަމުން ލިބުނު ގެއްލުންތައް އަލުން އަނބުރައި އިޢާދަ ނުކުރެވުމަކީވެސް އެކަށީގެންވާ ކަމެކެވެ. މިއީ މިފަދަ ހޫނުމިނެއްގައި އެންމެ ދިގުލައި ދިއަ ފަހަރުކަންވެސް ރިޕޯޓްތަކުގައި ވަނީ ފާހަގަކޮށްފައެވެ.
ސައިންސްވެރިން އެކި ގޮތްގޮތަށް ވާހަކަތައް ދެއްކި ނަމަވެސް މިކަމުގެ އަސްލަކީ އިންސާނުންނަށް އެއްވެސް ބާރެއް ފޯރުވެން އޮތް ކަމެއް ނޫނެވެ. އެކަން ހުއްޓުވެން ކުރެވޭނެ އެއްވެސް ކަމެއް އޮތް ކަމަކަށް ނުވެއެވެ.